ޚަބަރު

އެމްޓީސީސީގެ މުވައްޒަފަކު ކޮވިޑަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އަށް ފައްސިވި މީހުންގެ ތެރޭގައި އެމްޓީސީސީގެ މުވައްޒަފަކު ހިމެނޭ ކަމަށް އެ ކުންފުނީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޓީސީސީގެ މުވައްޒަފަކު ކޮވިޑް-19އަށް ފައްސިވި ހަބަރު މިއަދު އެހީ ފުން ހިތާމައާއެކު ކަމަށާއި އެ މުވައްޒަފަށް އަވަސް ޝިފާއެއް ދެއްވަން އެދި ދުއާ ކުރާ ކަމަށެވެ.

"އެމްޓީސީސީގެ ހުރިހާ ލޮބުވެތި މުވައްޒަފުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުރީ ސަފުގައި ތިއްބަވައިގެން ރައްޔިތުންނަށް ކޮށްދެއްވަމުން ތިޔަ ގެންދަވާ ނަމޫނާ ޚިދުމަތަށް ފަށްފަށުން ޝުކުރުއަދާ ކުރަން." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން ފޯރު ކޮށްދޭ އާންމު ޚިދުމަތުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި ޚާއްސަ އުސޫލުތަކެއް ތަކެއް އެކުލަވާލާފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 618 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 213 ދިވެހިންނާއި، 405 ބިދޭސީންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!