ދުނިޔެ

ދެ ދަރިން ވިހެއި ގޮތަށް ކޮތަޅަކަށް ލައި މަރާލި އަންހެނަކަށް 40 އަހަރުގެ ޖަލު ހުކުމެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

އުމުރުން 39 އަހަރުގެ ޑޭވަލްޓް ނަމަކަށް ކިޔާ މި އަންހެން މީހާ ވަނީ ދެ ދަރިން ވިހެއި ގޮތަށް ކޮތަޅަކަށް ލައި ބަންދުކޮށް މަރާލާފައެވެ. މިކަމުގެ ސަބަބުން އޭނާއަށް ވަނީ 40 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ.

Ads by Sosun Fihaara

އޭނާ ވަނީ ބަނޑުބޮޑުކަން އާއިލާ އަށް ސިއްރު ކޮށްފައެވެ. ބަނޑުގައި ފޮތި އައްސާ އެކަކަށް ވެސް ނޭނގޭހެން ފޮރުވައިގެންނެވެ. އޭނާ ވަކިން ދިރިއުޅެމުން އައި ގޭގައި ވިހައި ދަރިން ކޮތަޅަކަށް ލައި މަރާލާފައި ވާ ކަމަށް ބޭރުގެ ނޫހެއްގައި ލިޔެފައި ވެއެވެ.

މިމައްސަލަ ފެންމަތިވެ ކޯޓަށް ހާޒިރުކޮށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން އޭނާ ވަނީ ކުރެވުނު ކުށަށް މާފަށް އެދިފައެވެ. އަދި ކުރެވުނު ކުށަށް ދެރަވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އޭނާ ކުރިން ވަނީ އެއްވެސް ކުއްޖަކު މަރާލާފައި ނުވާނެ ކަމަށާއި ވިހެއިއިރު ވެސް ދެ ކުދިން ވެސް ވަނީ މަރުވެފައި ކަމަށް ބުނެފައެވެ. މިކަމާއި ގުޅިގެން ލެބޯޓްރީ ތަކުން ކުރެވުނު ތަހުޤީގުތަކުން އެނގިފައި ވަނީ އެ ކުދިން ކޮތަޅަށްލިއިރު ވެސް ދިރި ތިބި ކަމަށެވެ.

އޭނާގެ އާއިލާ ކޯޓަށް ހާޒިރުކޮށް މައްސަލަ ކުރިޔަށް ދިޔައިރު އާއިލާއިން ވަނީ އޭނާއާ ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ އެ ކުރި ކަމަކީ ވަރަށް ހަޑި އަމަލެއް ކަމަށާއި އެހާ ކައިރީގައި ލޯބިން ބަލާ ބޮޑު ކުރި ދަރިފުޅު އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް އުންމީދު ނުކުރާ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!