ސޮނެވާ ޖާނި ރިސޯޓުގައި މަސައްކަތް ކުރާ މީހަކު މޫދަށް ވެއްޓި މަރުވެއްޖެ
ސޮނެވާ ޖާނި ރިސޯޓުގައި މަސައްކަތް ކުރާ މީހަކު މޫދަށް ވެެއްޓި މަރުވެއްޖެއެވެ.
ފުލުހުން ބުނީ ސޮނެވާ ޖަނީގައި މަސައްކަތް ކުރާ މީހަކު އެ ރިސޯޓުގެ ވިލާއެއްގައި މަސައްކަތް ކުރަނިކޮށް މޫދަށް ވެއްޓި މަރުވެފައި އޮއްވާ ފެނިފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ލިބުނީ މިރޭ 20:30 ހާއިރު ކަމަށާއި މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެން ރައްޔިތެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
Ads by Allied Insurance