ރައީސް ނަޝީދު އެމްޑީޕީ ހަރުގޭގައި މިއަދު ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީގެ އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (އަންނި) މިއަދު މެންދުރު 2:15ގައި އެމްޑީޕީ ހަރުގޭގައި ވާހަަކަފުޅު ދައްކަވާނެ ކަމަށް އެ ޕާޓީން ހާމަ ކޮށްފިއެވެ.
އެމްޑީއިން މިކަން ހާމަ ކޮށްފައިވަނީ ދާދި ދެންމެ ކުރި ޓްވީޓެއްގައެވެ.
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އިރު އެމްޑީޕީގެ ހަރުގެއަކީ ހަރަކާތްތެރި ތަނެއްގެ ގޮތުގައި ފާހަގަ ކޮށްލެވެއެވެ. އެހެން ނަަމަވެސް ވެރިކަން ލިބުމަށްފަހު މާގިނަ ހަރަކާތްތަކެއް އެމްޑީޕީގެ ހަރުގޭގައި ކުރިއަށް ނުދާކަން ވެސް ފާހަގަ ކުރެވެއެވެ. މީގެ ކުރިން ރައީސް ނަޝީދުވެސް ހަރުގޭގައި ވަރަށް ގިނައިން ވާހަކަ ދައްކަވައެވެ. ނަމަވެސް މިހާރު އެ މަންޒަރު ފެންނަނީ ވަރަށް މަދު ފަހަރަކުއެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ހަރުގޭގައި މިއަދު ވާހަކަ ދައްކަވާއިރު އެމްޑީޕީގެ ތެރޭގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ.