Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ތާޖް މަހަލް ހޮޓެލަށް ޙަމަލާދިން ހާދިސާގެ ހީރޯއެއް ، ކާނެ އެއްޗެއް ނެތި މަގުމަތި ވެފައި

2008 ވަނަ އަހަރުގެ ނޮވެމްބަރ 26 ވަނަ ދުވަހު މުމްބާއީގެ އެކި ހިސާބުތަކަށް ދިން ސިލްސިލާ ޙަމަލާތައް ދިން އަޖްމަލް ކަސަބްގެ ގުރޫޕާއި ކުރިމަތިލާ އަދި ފަހުން އެމީހުންނާއި ދެކޮޅަށް ކޯޓްގައި ހެކިބަސް ދިން ހަރީޝް ޗަންދުރާ، ކާނެ އެއްޗެއް ނެތި މަގުމަތީގައި އޮއްވާ، ފިހާރައެއްގެ ވެރިއަކަށް އޭނާފެނިގެން އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މުމްބާއީއަށް ހަމަލާގެ ބަތަލެއް ކަމަށް އިންޑިއާ އިން ސިފަކުރާ ހަރީޝް ޗަންދްރާ ވަނީ އަޖްމަލް ކަސަބުގެ ދެ ވަޒަނަކުން ވެސް ސަލާމަތްވެފައެވެ.
އޭނާ ވަނީ އެދުވަހު ބަޑިން ހަމަލާދިން މީހުންނާ ކުރިމަތިލާ އޭނާގެ ދަބަހުން އެތަނުން އެކަކު ގައިގައި ޖަހާފައެވެ. އެދުވަހު ހަރީޝްޗަންދްރާ އަށް ލިބުނު ޒަޚަމްތަކަށް ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައެވެ.

ހަރީޝްޗަންދްރާ އަކީ މި ނުރައްކާތެރި ޙަމަލާގައި އިސްވެހުރި މީހާއާ ދެކޮޅަށް ކޯޓުގައި ހެކިބަސްދިން ފުރަތަމަ މީހާއެވެ.
ހަމަލާ ދިންއިރު ސަރުކާރުގެ ވަޒީފާގައި ހުރި ނަމަވެސް ، ވަޒީފާ ގެއްލި އޭނާ ވަނީ ގެއިން ވެސް ނެރެފައެވެ. އަޅާލާނެ މީހަކު ނެތި، ދާނެ ތަނެއް ނެތި ކާއެއްޗެއް ނެތި އެތައް ދުވަހެއް ވަންދެން ޕޭމަންޓް މަތީގައި އޮއްވާ އޭނާ ފެނުނީ ޑީން ޑިސޫޒާ ކިޔާ މީހަކަށެވެ.

Advertisement
Allied — Dhen Online (box)

ހަރީޝްޗަންދްރާ މަގުމަތިން ފެނުނު މީހާ މީޑިޔާ އަށް މައުލޫމާތުދިން ގޮތުގައި، އޭނާގެ ހާލު ދެރަކަމުން ކާ އެއްޗެއް ކެވޭވަރު ވެސް ނުވެއެވެ. އަދި ދައްކާ ވާހަކަ ދޭހަ ވާވަރަށް ވުރެ ވެސް ހާލު ދެރަކަމަށް އޭނާ ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް