ސިއްޙަތު

މަހުގެ ބާވަތްތައް ނުކާ މީހުން ޑިޕްރެޝަނަށް ދިއުމުގެ ފުރުސަތު ބޮޑު: ދިރާސާ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އަހަރެމެން ދިވެހިންނަކީ އާއްމުކޮށް މަހުގެ ބާވަތްތަކާ ރައްޓެހި ބައެކެވެ. އަނެއްކާ ވެސް މިވަނީ، މިއާދައިން އަހަރެމެން ދުރު ނުވާން އިތުރު ސަބަބެއް ހޯދާފައެެވެ. މިގޮތުން، މަހުގެ ބާވަތްތައް ކެޔުމަށް ބޭނުން ނުކުރާ ފަރާތްތައް ޑިޕްރެޝަންއަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން މިވަނީ ދައްކާފައެވެ.

Ads by Sosun Fihaara

ޔުނިވަރސިޓީ އޮފް އަލަބާއިން ހަދާ، ޖާނަލް ކްރިޓިކަލް ރިވިއުސްގައި ޝާއިއު ކޮށްފައިވާ މިދިރާސާގައި ބުނެފައި ވަނީ މަހުގެ ބާވަތްތައް ކެއުމަށް ބޭނުން ކުރާ މީހުން، އެފަދަ ބާވަތްތައް ކެއުމަށް ބޭނުން ނުކުރާ މީހުންނާ އަޅާބަލާއިރު، 80 އިންސަަައްތަ ޑިޕްރެޝަނަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މިދިރާސާ ހަދާފައިވަނީ، އިންސާނާގެ ކެއުމުގެ ވައްޓަފާޅިން ނަފްސާނީ ގޮތުން މީހާއަށް ލިބިދޭ ބަލިކަށިކަން ދެނެގަތުމަށް، 160،257 މީހުން ބޭނުން ކޮށްގެނެވެ.

މިދިރާސާގައި އިތުރަށް ބުނެފައިވަނީ މަހުގެ ބާވަތްތައް ބޭނުން ނުކުރާ މީހުން އަމިއްލަ ނަފްސަށް ގެއްލުން ދޭން ބޭނުންވާ މިންވަރު އިތުރު ވާ ކަމަށާއި އަދި އެންޒައިޓީ ފަދަ ބަލިތަކަށް ވެސް މީހާ ހުށަހެޅޭ ކަަމަށެވެ.

މިދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ޑރ އެޑްވާޑް އާރޗާ ވިދާޅުވެފައި ވަނީ، ،މަހުގެ ބާވަތައް ބޭނުން ކުރުމުގައި ގިނަ ގުނަ ފައިދާއާއި ގެއްލުން ހިމެނޭ ކަމަށާއި ނަމަވެސް ނަފްސާނީ ދުޅަހެޔޮ ކަމަށް މަހުގެ ބާވަތްތައް މުހިންމު ކަމަށެވެ.

އިންޑިއާގެ ބައެއް ދީން ތަކުގައި މަހުގެ ބާވަތްތައް ކެއުމަކީ އެމީހުނަށް ހަރާމް ކަމެކެވެ. ނަމަވެސް ދިރާސާތަކުން ސިއްހީ ގޮތުން ދުޅަހެޔޮ މީހަކަށްވުމަށް މަހުގެ ބާވަތްތަކުގެ މުހިންމު ކަމާމެދު ދިރާސާތައް ކުރެވިފައި އެބަހުއްޓެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!