ތިނަދޫގައި ރަހީނު ކޮށްފައިހުރި މީހަކު ސަލާމަތްކޮށް 4 ފިރިހެނަކު ހައްޔަރުކޮށްފި

ގދ.ތިނަދޫގައި ރަހީނު ކޮށްފައި ހުރި މީހަކު ސަލާމަތްކޮށް، އެމައްސަލައިގައި ދިވެހި ހަތަރު ފިިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތިނަދޫގައި މީހަކު ރަހީނު ކޮށްފައިވާ މައްސަލައެއް މިއަދު ހަވީރު 5:00 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ރަހީނު ކޮށްފައިވާ މީހާ ސަލާމަތްކޮށް، އެތުހުމަތުގައި ހަތަރު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެއީ އުމުރުން 38 އަހަރާއި، 27 އަހަރާއި، 45 އަހަރާއި 52 އަހަރުގެ ފިރިހެނުންތަކެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.