ރެސްޓޯރަންޓަކުން "ދީޕިކާ ޕަދުކޯން" ކިޔާ ފޮޅިއެއް ލިބެން ހުންނަކަން އެނގޭތަ؟

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ދީޕިކާ ޕަދުކޯން އާއި އޭނަގެ ފިރިމީހާ ރަންވީރް ސިންގް ދާދި ފަހުން މިވަނީ އެމީހުންނަށް ދިމާވި ވަަރަށް މަޖާ ކަމެއް ހިއްސާ ކޮށްފައެވެ.
މިދިޔަ އަހަރު ޗުއްޓީ ހޭދަ ކޮށްލަން އެމެރިކާއަށް އެދެމަފިރިން ދިޔަ ދަތުރެެއްގައި، އިންޑިއާ ކެއުން ލިބޭ ރެސްޓޯރަންޓަކަށް އެދެމަފިރިން ދިޔަކަމަށް ބުނެފައިވެއެވެ. ނަމަވެސް އެރެސްޓޯރަންޓުގެ މެނޫ ބަލާލިއިރު އެދެމަފިރިންނަށް ވެސް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ.
މެނިއުގައި ތަފާތު އެކި ވައްތަރުގެ "ފޮޅިތައް" ހުރި ބައިން ފެނުނީ "ދީޕިކާ ޕަދުކޯން" ނަމަކަށް ދީފައިވާ ފޮޅިއެކެވެ.

ރަންވީރް ސިންގް ވަނީ އެމެނޫގެ ފޮޓޯއެއް ނަގައި، އިންސްޓަގްރާމްގައި އެފޮޓޯ ޕޯސްޓު ކޮށްފައެވެ. ކެޕްޝަންގައި ޖަހާފައިވަނީ "އައި ވުލްޑް އީޓް ދެޓް" (އަހަރެން ކާނީ މީތި) މިފަދައިންނެވެ.
ރަންވީރުގެ އެފޮޓޯ މާގިނަ ވަގުތުތަކެއްނުވެ ވަނީ މީސް މީޑިއާގައި ވައިރަލް ވެފައެވެ. އެގޮތުން އެފޮޓޯއަށް ކޮމެންޓުކުރި އެކަކު ބުނެފައިވަނީ އިންޑިއާގެ ޕޫނޭ ގައި ހުރި ރެސްޓޯރަންޓެއްގައި ވެސް ދީޕިކާގެ ނަމުން ކާއެއްޗަކަށް ނަން ދީފައިވާ ކަމަށެވެ.