ގޭތެރެ މަރާމާތު ކުރަމުން ދަނިކޮށް ފެނުނު ފޮށިން ފެނުނީ އެތައް ބައިވަރު ޑޮލަރެއް!
![](https://dhen.mv/wp-content/uploads/2020/11/Stuck-In-The-Ceiling-850x503.jpg)
އެމެރިކާގައި ދިރިއުޅެމުން އައި ދެމަފިރިން ދިރިއުޅުން ބަދަލު ކުރުމަށްޓަކައި އާ ގެއެއް ބެލިއެވެ. އަދި ބަދަލުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވުމުގެ ގޮތުން އެ ގޭތެރެ މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރަމުން ގެންދިޔައީ ހަމަ އެ ދެމަފިރިންނެވެ.
މިގޮތަށް ސާފުކުރަމުން ދަނިކޮށް ސީލިންގުގެ މަތީގައި ބަހައްޓާފައި ހުރި ކުޑަވަރެއްގެ ފޮއްޓެއް ފެނުނެވެ. ކެތް މަދުވެފައިވާ ހާލު ދެމަފިރިން ވެސް ބޭނުންވީ އެ ފޮށި ނަގާ އޭގައި ހުރީ ކޮން ސާމާނެއްތޯ ބެލުމަށެވެ. ފޮށި ސީލިންގުން ނެގުމަށް ހިފި ހިފުމުގައި އެއީ އާދަޔާ ޚިލާފަށް ބަރު ފޮށްޓެއްކަން އެނގިގެން ދިޔައެވެ.
![](https://dhen.mv/wp-content/uploads/2020/11/Waiting-For-The-Reveal-300x173.jpg)
ދެން އެއަށް ފަހު ދެމަފިރިން ވެސް ތިބީ އެ ފޮށީގެ ވާނުވާ ނޭނގިފައެވެ. ފެހި ކުލައިގެ މި ކުޑަކުޑަ ފޮށި ވަނީ ވާފަށެއް އައްސާ ބަންދު ކޮށްފައެވެ. އެހާ ކުޑަ ފޮއްޓެއް އާދަޔާ ޚިލާފަށް ބަރުވުމުގެ ސަބަބުން ދެމަފިރިން ވެސް ތިބީ އެ ފޮށި ހުޅުވަން ޖެހިލުން ވެފައެވެ.
![](https://dhen.mv/wp-content/uploads/2020/11/Screenshot_10-300x178.jpg)
އެހެން ނަމަވެސް ވަރަށް ހިތްވަރު ކޮށްފައި ދެމަފިރިން ވެސް އެ ފޮށި ހުޅުވާލިއެވެ. އެންމެ ފުރަތަމަ ވެސް ފެނުނީ ކަރުދާސް ތަކެއް އޮޅާފައިވާ އެއްޗެހި ތަކެކެވެ. އެތަކެތި ނެގުމަށް ފަހު މޭޒުމަތީގައި ރީއްޗަށް ބެހެއްޓިއެވެ. އަދި ދެން ކަރުދާސްތައް ނިއުޅާލުމާއެކު ފެނިގެން ދިޔައީ ހީވެސް ނުކުރާ ފަދަ އެއްޗެކެވެ. ފައިސާއެވެ. ޑޮލަރެވެ.
![](https://dhen.mv/wp-content/uploads/2020/11/Big-Dreams-In-A-Little-Suitcase-300x185.jpg)
އެހިސާބުން އެ ފޮށި އެއްކޮށް ކޮޅާ ނިމުނު އިރު އޭގައި ވަނީ ގިނަ އަދަދެއްގެ ފައިސާއެވެ. މަތީގައިވާ ސީލިންގު ހިމެނޭ ސަރަހައްދު ރަނގަޅަށް ބެކި ފަހުން އެތަނުން ވެސް ގިނަ އަދަދެއްގެ ޑޮލަރު ފެނިފައިވާ ކަމަށް ވެސް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ.
ނޭނގޭ ކަމަކީ އެފައިސާ އެގޭގައި ހުރީ ކިހިނެއް ކަމެވެ. އަދި ގެނައީ ކާކު ކަމެވެ. ހަމަ ގައިމު ވެސް ފޮށީގެ ހާލަތަށް ބަލާފައި އެ ފޮށި ސީލިންގު މަތީގައި އެހެން ހުންނަތާ ފުދޭވަރަކަށް ދުވަސް ވެއްޖެއެވެ. އަދި މިހާރު މި ކަންތައް އަންނަނީ އެފްބީއައިއިން ބަލަމުންނެވެ.
ިމި ސައިޓްގެ ސުރުހީތައް ލިޔަނީ ކާކުކަން އެނގޭތަ؟
މޮޔަ ބަޔަކަށް ތި ފައިސާ ފެނުނީ. އެހެންނޫންނަމަ ތިހެން ނުވީސް
ތިވަރުގެ ކުޑަ ފޮއްޓަކަށް މިހާބައިވަރު ފައިސާ ލެވުނީ ކިހިނެއް؟