ޚަބަރު

18 ވެންޓިލޭޓަރު ގެންނަން އާދިއްތަ ދުވަހު ޚާއްސަ ފްލައިޓެއް ބާއްވަނީ

ދެން އެމްވީ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ތައްޔާރީ ހާލަތުގައި އޮތުމަށްޓަކައި މެޑްޓެކް މޯލްޑިވްސްއާ ހަވާލުކޮށްގެން ސަރުކާރުން ގެންނަ ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު އާދިއްތަ ދުވަހު ގެނައުމަށް ހަމަޖެހިއްޖެއެވެ.

މި ވެންޓިލޭޓަރު ތައް ގެނައުމަށްޓަކައި އާދިއްތަ ދުވަހު ޚާއްސަ މަތިންދާބޯޓެއް ބާއްވާނެ ކަމަށް ސްރީ ލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އިނަ މޯލްޑިވްސް އިން މިއަދު ވަނީ ހާމަކޮށްފައެވެ.

ވެންޓިލޭޓަރު ގެނައުމަށް ހަމަޖެހިފައިވާ ފްލައިޓު މިއަދަށް ތާވަލު ކުރެވިފައިވީނަމަވެސް މިއަދު އެ ފްލައިޓް ނުބޭއްވުނީ މާ ބޮޑަށް ބިޒީ ވެ ޖާގައިގެ ދަތިކަން ދިމާވުމުން ކަމުގައި ވެސް އެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއަށް 50 ވެންޓިލޭޓަރު ގެނައުމަށް، 14 މިލިއަން ރުފިޔާއަށް މެޑްޓެކް އާއި ޙަވާލުކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ 19 ވަނަ ދުވަހުއެވެ. މި ވެންޓިލޭޓަރުތައް ގެންނަނީ ދެކުނު ކޮރެއާ އާއި ސުވިޒަލޭންޑުންނެވެ.

މެޑްޓެކްގެ އިތުރުން ، 26 ވެންޓިލޭޓަރު ގެނައުމަށްތަކައި ނާޑު ޕްރައިވެޓް ލިމިޓެޑް އާއިވެސް ވަނީ ހަވާލުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!