ޚަބަރު

ހުއްދަ ހޯދުމަށްފަހު ފިހާރަތައް ނުހުޅުވާނަމަ ފިޔަވަޅު އަޅަނަން: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ހުއްދަ ހޯދުމަށްފަހު ފިހާރަތައް ނުހުޅުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ ފިހާރަ ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ހޯދުމަށްފަހު ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ފިހާރައިގައި މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް މީހުން ފިހާރަތަކުގައި ތިބޭކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކުރިއަށް އޮތް ތަނުގައި މިގޮތަށް ޢަމަލުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، ފިހާރަތަކުން ހިދުމަތް ދެވޭނީ ފުލުހުން ދޫކޮށްފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނިކުންނަން ބޭނުންވާނަމަ ވެސް ހާއްސަ ހުއްދައެއް ނަގަން ޖެހެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!