އަލްހާން ނަޝީދަށް: ވެރިކަން ނުލިބިގެން ހަނާވަނީ
ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީ ސަޕޯޓަރުންގެ ވަޓްސްއެޕް ގުރޫޕެއްގައި އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ބަސްފުޅަކާއި ގުޅިގެން ، އެޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ރައީސް ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.
''ރަށްވެހި ފަތިސް ލަންކާ'' ވަޓްސްއެޕް ގުރޫޕްގައި އަތު ލިޔުއްވުމުން ލިޔުއްވާ ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވަނީ ރައީސް ޔާމީންގެ ޢަމަލުފުޅުތަކާއި ޚިޔާލުފުޅުތަކަށް ތާޢީދު ނުކުރައްވާ ކަމަށާއި ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް އެމަނިކުފާނަކަށް ނުވިސްނޭ ކަމަށެވެ. އަދި ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށާއި އެކަން ކުރުމުގައި ފަސްޖެހެންވީ ސަބަބެއް ވެސް ވިސްނި ވަޑައިނުގަންނަވާ ކަމަށާއި މަރުކޮމިޝަންގެ މައްސަލަތައް ވެސް ހަމަ އެފަދަ ކަމަށް ވިދާޅުވަމުން ކުރާން ބުނި ކަމެއް ޖެހޭނީ ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިވާހަކަ ތަކަށް ރައްދު ދެއްވާ އަލްހާން ފަހުމީ ވިދާޅުވީ ''ވެރިކަން ނުލިބިގެން މީހަކު ހަނާ ވަނީ ކަމަށާއި މިއުޅެނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ބިރު ދައްކައިގެން ބަރުލަމާނީ ހަދަން ކަމަށްވަނީ''އެވެ.
ވެރިކަން ނުލިބިގެން މީހަކު ހަނާވަނީ!
މިދެން ކިހާ ދެރަކަމެއް!
ބައްޕަ ވެރިކަމުގަ ހުއްޓަސް މިމީހާ ކަންކުރާނީ މިހެން!
ސަލާމަތެއް ނެތް!
ގޮޅާބޯ އަކަށް ވީ ރައީސް މައުމޫނުތޯ؟
މިއުޅެނީ @ibusolih އަށް ބިރު ދައްކައިގެން ބަރުލަމާނީ ހަދަންކަމަށްވަނީ! pic.twitter.com/48vmzGERrH— Aʟʜᴀɴ Fᴀʜᴍʏ -