ޚަބަރު

ރައީސް ސޯލިހު ވައުދުތައް ނުފުއްދައި ގައުމު ދަރުވާލާފައި ޔާމީން ގޯސްކޮށް ވާހަކަ ދެއްކެވިޔަސް ރައްޔިތުން ގަބޫލު ނުކުރާނެ : އާދަމް ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުތައް ނުފުއްދައި ގައުމު ދަރުވާލާފައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޯސްކޮށް ވާހަކަ ދެއްކެވިޔަސް ރައްޔިތުން ގަބޫލު ނުކުރައްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އާދަމް ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރެވެ. ޝަރީފް ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ ހއ. ހޯރަފުށީގައި މި ސަރުކާރުން ގާއިމް ކުރި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

"ހިންގުންތެރިކަމާއި ލީޑަޝިޕެއް ރައީސް އިބްރާހިމް ސޯލިހްގެ ނެތުމުން ވައުދުތައް ނުފުއްދައި ގައުމު ދަރުވާލާފައި ރައީސް ޔާމީންގެ ބޮލުގައި އިލްޒާމް އަޅުވަން އުޅުނަސް، ރައްޔިތުންނަށް އިތުރަށް އޮޅުވައެއް ނުލެވޭނެ،" އާދަމް ޝަރީފް ލިޔުއްވާފައިވެއެވެ.

ހއ. ހޯރަފުށީގައި މި ސަރުކާރުން ގާއިމް ކުރި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަށް ދަރަނި ބޮޑު ބަޖެޓެއް ހުށަހަޅަން ޖެހުނު ސަބަބަކީ ކުރީގެ ސަރުކާރުގައި ނެގި ބޮޑެތި ދަރަނި ދެއްކުމަށް ކަމަށެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ދަރަނި ބޮޑު ބަޖެޓެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!