ބޮލީވުޑް މުނިފޫހިފިލުވުން

އަވަހަށް ދަރިއަކު ހޯދަން ބޭނުން ނުވާތީ މޯނާ ސިންގް ވަނީ އޭނަގެ ބިސްތައް ނަގާ، ގަނޑުކޮށްފައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯނާ ސިންގްއޭ ބުނުމުން ފަަހަރެއްގައި އަދިވެސް ގިނަ ބަޔަކަށް އެއީ ކާކުކަން ނޭނގިދާނެއެވެ. ނަމަވެސް މީގެ 15 ވަރަކަށް އަހަރު ކުރިން ސޮނީ ޓީވީން ދެއްކި "ޖައްސީ ޖޭސީ ކޯއީ ނެހީ" ގެ ޖައްސީ އޭ ބުނެފިނަމަ، އެއީ ކާކުކަން ނޭނގޭ މީހަކު މަދުވާނެއެވެ.

Ads by Sosun Fihaara

މިދައްކަނީ ހަމަ އެކަކުގެ ވާހަކައެކެވެ. ޓެލެވިޒަން ސީރީޒް ތަކުންނާއި ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް ފުރިހަމަ އެކްޓެއް ދައްކުވައިދީފައިވާ ކުޅަދާނަ އެކްޓްރެސް މޯނާ ސިންގް ގެ ވާހަކައެވެ.

ނަމަވެސް މޯނާއާ ބެހޭގޮތުން ދާދިފަހުން މިވަނީ ވަރަށް އެހެން ކަހަލަ ޚަބަރުތަކެއް އިވިފައެވެ. އުމުރުން 38 އަހަރުގެ މޯނާ ބުނެފައި ވަނީ އޭނާގެ އުމުރުން 34 އަހަރުގައި، އޭނަގެ ރަހިމުގައިވާ ބިސްތައް (ދަރިމައިވާ ބިސްތައް) ނަގާފައި ގަނޑުކޮށްފައިވާ ކަމަށެވެ.

މޯނާ ބުނީ އޭނާގެ އެނިންމުމަށް އޭނަގެ މަންމަ ތާއީދުކުރި ކަމަށާއި އޭނާ އެހެން ހެދީ އަވަހަށް ދަރިން ހޯދަން ބޭނުން ނުވާތީ ކަމަށެވެ.

އާދައިގެ ހަފްލާއެއްގައި މޯނާ އެކްޓަރ ޝްޔާމް ގޯޕާލަންއާ ކައިވެނި ކުރީ މިދިޔަ އަހަރުގައެވެ. އޭނާ ބުނީ ކައިވެންޏަށްފަހު ފިރިމީހާއާއެކު ވަަރަށް ގިނަ ތަންތަނަށް ދަތުރުކޮށް ގިނަ ތަޖުރިބާތަކެއް ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ދަރިއެއް ލިބިގެން އެކަންކަމަށް ބުރޫއެއް ނާރާނެކަން އެނގޭތީ، ދަރިއެއް އަވަހަށް ނުލިބޭނެކަން އެނގޭތީ ވަރަށް ހިތްހަމަ ޖެހޭކަމަށް ވެސް މޯނާ ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!