ދުނިޔެ

އިންޑިޔާގައި އެތެއް ހަމަލާދީގެން މަރުވި މީހެއްގެ ހަށިގަނޑުގައި ކޮވިޑް-19 ހުރެދާނެކަމަށް އާއިލާ އިން ހަށިގަނޑާއި ޙަވާލެއްނުވި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިޔާގެ މައިސޫރު ކައިރީގައި އޮންނަ، ޗާމަރާޖަނަގަރގެ ބޯޑަރ ކައިރިން އެތެއް ހަމަލާ ދިނުމުން މަރުވި 44 އަހަރުގެ މީހެއްގެ ހަށިގަނޑުގައި ކޮވިޑް-19 ހުރެދާނެކަމުގެ ބިރަށް އާއިލާއިން ހަށިގަނޑާ ހަވާލު ނުވުމުން، ކަރްނާޓަކާ ފުލުހުން އޭނާގެ ޖަނާޒާގެ ކަންކަން ކޮށްފިއެވެ.

Ads by Sosun Fihaara

މަރުވީ މީހާއަކީ ސިކުނޑީގެ އުނިކަމެއްވެސް ހުންނަ މީހެކެވެ.
އެން.ޑީ.ޓީ.ވީ ރިޕޯޓް ބުނާގޮތުން، ސިކުނޑީގެ އުނިކަމެއް ވެސް ހުންނަ މިމީހާގެ ހަށިގަނޑާ އާއިލާއިން ޙަވާލު ނުވުމުން، އެ އޭރިޔާގެ އެސިސްޓަންޓް ސަބް އިންސްޕެކްޓަރ މަޑެގޯޑާ އަދި އިތުރު ދެ އޮފިސަރުން ވެގެން، ހިންދީ ދީނުގެ ސަގާފަތާ އެއްގޮތަށް އޭނާއަށް އަދާ ކުރަންޖެހޭ އެންމެ ފަހު ހައްގު އަދާކުރުމަށްފަހު ވަޅުވީ، ޗާމަރާޖަނަގަރ ގައި އޮންނަ ހިންދީންގެ ސަހަރާއެއްގައެވެ.

ފުލުހުންނާ ބެހޭގޮތުން އަނިޔާވެރިކަމުގެ އެތައް ވާހަކައެއް ކޮންމެ ދުވަހަކު ފެތުރޭ އިންޑިޔާގައި، މި ތިން ފުލުހުން ކަންކުރި ގޮތުން ގިނަ ބަޔަކު އެމީހުންނަށް ޝުކުރު އަދާކުރިއެވެ.

އިންޑިޔާއިން މިހާތަނަށް ކޮވިޑް-19 އަށް 56،765 މީހަކު ޕޮޒިޓިވް ވެ، މި ބަލީގައި 1،986 މީހަކު ވަނީ މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!