ޚަބަރު

އިރުފުށީ ކަރަންޓީނު ފެސިލީޓީގައި ތިބި، ކޮވިޑް-19 އަށް ފައްސިވެފައިވާ 32 މީހުން ހުޅުމާލެ އައިސޮލޭޝަން އަށް!

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ މަހުގެ 22 ވަނަ ދުވަހު ނ. އިރުފުށީ ކަރަންޓީނު ފެސިލިޓީއަށް ގެންދެވުނު ބިދޭސީންގެ ތެރެއިން، ކޮވިޑް-19 އަށް ޓެސްޓް ކުރެވި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 32 މީހަކު މިއަދު ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލު ކޮށްފިއެވެ.

Ads by STELCO

ދެ ބުރެއްގެ މަތިން ސީޕްލޭނުން މިމީހުން ގެނެވި 32 މީހަކު މިހާރު ތިބީ އެއްތަނެއްގައެވެ.

މި މީހުން 18 ދުވަހު ކަރަންޓީނު ފެސިލިޓީ ގައި ތިބި އިރު މިއިން އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ވަކިން ކޮޓަރި ތަކެއްގައި ބޭތިއްބުމަށްފަހު، ޓެސްޓް ކުރުމެއް ނެތި މި އެންމެން އެއް ތަނަކަށް ލާފައި ތިބުމުން މި ތަނުގައި ތިބި މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާގުޅިގެން "ދެން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ ބަލިޖެހުމަށްފަހު ބަލިން ރަގަޅު ވެފައި ތިބި މީހުން މިތަނުގައ ި ތިބި ނަމަވެސް އެކަމުން އެއްވެސް ނުރައްކަލެއް ނެތް" ކަމަށެވެ. ސަބަބަކީ ބަލިޖެހޭ މީހަކު ބަލިން ފަސޭހަ ވާތާ 6 ވަރަކަށް މަސްވަންދެން އެމީހެއްގެ ހަށިގަނޑުގެ ދިފާޢީ ނިޒާމް މި ބަލިން ރައްކާތެރިކޮށްދޭނެއެވެ.


Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!