ޚަބަރު

އައްޑޫ ހޮސްޕިޓަލްގައި ބޭނުންވާ މާސްކާއި ގައުން އަދި ސެނިޓައިޒާ ނެތް ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ ހޮސްޕިޓަލްގައި ބޭނުންވާ މާސްކާއި ގައުން އަދި ސެނިޓައިޒާ ނެތް ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.

Ads by STELCO

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ، އައްޑޫ ހޮސްޕިޓަލްގައި ބޭނުންވާ މާސްކާއި ގައުން އަދި ސެނިޓައިޒާ ވެސް އެތަނުގެ ސްޓޮކް އެބަހުރި ކަމަށެވެ.

އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދާ މެޑިކަލް ފެސިލިޓީތައް ހެދުން ލަސްވަމުން އަނަން ކަމަށާއި އައްޑޫ ހިތަދޫގައި ހަދާ ފެސިލިޓޫގެ 90 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"ރާއްޖޭގެ ސަރަހައްދުގައި ހަދާ މެޑިކަލް ފެސިލިޓީތައް އެބަ ލަސްވޭ. ހިތަދޫގައި ހަދާ ފެސިލިޓީގެ މަސައްކަތުގެ 90 ޕަސެންޓް ވަނީ ނިމިފައި. އަދި އެހެން އަތޮޅުތަކުގައި ހަދާ ފެސިލިޓީތަކުގެ މަސައްކަތް ވެސް އެބަ ކުރިއަށް ދޭ. ގިނަ ތަންތަން ހުރީ ނިމުމާ ގާތުގައި." މަބްރޫކް ވިދާޅުވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އިން ފޭސް މާސްކާއި ސެނިޓައިޒާ ހުސްވެއްޖެ ކަމަށް އޮންލައިން ނޫހެއް ކަމަށްވާ 'އައްޑޫ ލައިވް' އިން މިއަދުވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރަ ޝަރަފު ސާދާތު އެކަށީގެންވާ ވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމެންޓް (ޕީޕީއީ) ނެތްކަމަށް ވެސް ވިދާޅުވެފައެވެ.

ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށް އިއްޔެ ހެނދުނު އައްޑޫ ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހަކު މިވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މި ބަލި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާފައި ނުވާކަމަށް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު މިއަދު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!