އީސީގެ މެންބަރުކަމަަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 30 ނޮވެމްބަރުން 2 ޑިސެމްބަރުގެ ނިޔަލަށެވެ. ހެނދުނު 09:30 އިން މެންދުރު 12:30 އާ ދެމެދު ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްhttps://presidency.gov.mvއިން ޑައުންލޯޑް ކުރެއްވޭނެއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިވަނީ އެ ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިޢުފާ ދިނުމާ ގުޅިގެންނެވެ.
އަކްރަމް އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެންނެވެ. އަދި އޭނާ އިސްތިއުފާ ދީފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެ ކޮމެޓީން އޭނާ ވަކި ކުރުމަށް ނިންމާފައި ވަނިކޮށެވެ.