ޚަބަރު

އަލީ ވަހީދުގެ ދިފާއުގައި ނަޝީދު: "އަލީ ވަހީދުގެ ބަޔާންތައް ބަލައިފިން، އަޅުގަނޑު މި ހުންނަނީ އަޖައިބުވެފައި"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިކުންނަވައިފިއެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދު މިރޭ ވަނީ އަލީ ވަހީދު އާ މެދު އުފުލާފައިވާ ދައުވާތަކާ މެދު ނުރުހުން ފާޅުކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ އެކި މީހުންނާމެދު އެކި ގޮތްގޮތަށް އަމަލު ކުރަމުންދާ ކަމަށާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ވެސް އެކި މީހުންނާމެދު ދައުވާ ކުރުމުގައި ތަފާތު ތަކެއް ގެންގުޅޭ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ތިނަދޫގައި ފިރިމީހާ ގެ ޖިންސީ އަނިޔާ ލިބިގެން ނިޔާވި ޒިޔާދާ ގެ މައްސަލަ މިސާލެއްގެ ގޮތުގައި ނަންގަވާފައެވެ.

"ގދ.ތިނަދޫގައި ޖިންސީ ގޯނާކޮށް، އަންހެނަކު މަރާލި މީހެއްގެ މައްޗަށް ކުރީ ދެ ދައުވާ" ރައީސް ނަޝީދު އެގުރޫޕުގައި ވިދާޅުވިއެވެ.

އަދި ޖިންސީ ގޯނާގެ ބައެއް މައްސަލަ ތަކުގައި ބައެއް މީހުނަށް ދައުވާ ނުކޮށް ދޫކޮށްލާފައި ހުރި ކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަލީ ވަހީދުގެ ބަޔާންތައް ބެއްލެވި ކަމަށާއި އެކަމާ ހަމަ އަޖައިބުވެފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތު ކުރެވޭ މައްސަލާގައި 7 ދައުވާ އެއްކޮށް ޕީޖީން ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އަލީ ވަހީދުގެ މައްޗަށް 21 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ.

▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ.

▪︎ ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ.

▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ.

▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ.

▪︎ ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ.

Ads by HDC
  1. ހުސާ

    އަސްލުގަވެސް ދޯ..
    އެވިދާޅުވާހެން މިއައްވުރެ މާބޮދެތި ކަންތައްވެސް އެބަހިގަޔޯ ކިޔާ އަޑުވެސް އިވޭ.

  2. ތިއީ އަބަދުވެސް އަޖާއިބުވެފަ ހުނނަވާބެއިފުޅެއ