Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހަގީގަތް ހާމަކުރަން ސީޕީއަށް ކެރެން ވާނެ: ޑރ. ޖަމީލް

މީސް މީޑިއާ ގައި މިހާރު ދައުރު ވަމުންދާ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ޕާޓީކުރާމާހައުލެއްގައި އުޅޭ ފޮޓޯ ތަކާއި ވީޑިއޯ ތަކާއި ގުޅިގެން ހަގީގަތް ހާމަކުރަން ކެރެންވާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

މި މައްސަލައާއި ގުޅޭގޮތުން ޖަމީލު ވަނީ ކޮވިޑްގެ ބަލިމަޑުގައި ރާއްޖެއާއި ދުނިޔެ ވެސް ވަނިކޮށް ފުލުހުންގެ އެންމެ އިސްވެރިޔާއާ ގުޅޭގޮތުން އިވެމުންދަނީ ބިރުވެރި އަޑުތަކެއް ކަމަށާއި މުސްލިމުންގެ މި މާތް މަތިވެރި މައްސަރުތެރޭގައި މިފަދަ މަންޒަރުތަކެއް ފެންނަ ފޮޓޯތަކެއް އާންމުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ.

އަދި ކުރެވެމުންދާ ތުހުމަތު ތަކުގެ މިނިވަން ތަހުގީގެއް ހިންގައި، ހަގީގަތް ހާމަކުރުމުގެ ހިތްވަރުު ފުލުހުންގެ އަދި ސީޕީގެ ހުންނަންވާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ސީޕީ ހަމީދުގެ ދެމަފިރިން ފެންނަ ކަމަށް ބުނާ ފޮޓޯތަކެއް ދެ ރޭ މަތިން ލީކްކޮށްލާފަައިވަނީ “އެނޮނިމަސް އެމްވީ” ގެ ނަމުގައި ހިންގަމުންދާ ޓްވިޓަރ އެކައުންޓަކުންނެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ، ހޯމް މިނިސްޓަރަށް ގޮވާލާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް