ޚަބަރު

ލޮކްޑައުންގެ އުސޫލުތަކާ ޚިލާފުވާ ފިހާރަތަކުގެ ހުއްދަ ބާތިލްކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުންގެ މުއްދަތުގައި ހުޅުވާފައި ހުންނަ ފިހާރަތަކުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރާނަމަ، އެ ފަރާތަކަށް ދީފައިވާ ހުރިހާ ހުއްދައެއް ބާތިލުކުރާނެކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ފުލުހުން ބުނީ ތިރީގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަކޮށްފައިނުވާނަމަ، އެތަނަކަށް ދޫކޮށްފައިވާ ހުރިހާ ހުއްދައެއް ބާތިލުކުރާނެކަމަށެވެ.

(ހ) ފިހާރައިގެ ކުޑަ ބޮޑު މިނަށް ބަލައި، އެންމެ ގިނަވެގެން ވަދެވޭނެ ކަސްޓަމަރުންގެ ޢަދަދު ބޭރަށް ފެންނާނެހެން ބެހެއްޓުން؛

(ށ) ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޚިދުމަތްދޭ ގަޑީގައި، ނޭފަތާއި އަނގަމަތި ފޮރުވޭ ގޮތަށް، މާސްކު އަޅައި، ދެ އަތް ތިލައަށް އަންގިލައްވައިގެން ހުރުން؛

(ނ) ފިހާރައިގެ އެތެރޭގައި، އެ ފިހާރައެއްގައި މަސައްކަތްކުރުމުގެ ހުއްދަ ފުލުހުން ދޫކޮށްފައިވާ ފަރާތްތައް ފިޔަވައި، އިތުރު މީހުން ނުބޭތިއްބުން؛ އަދި

(ރ) ފުލުހުން ހުއްދަ ދީފައިވާ ފިހާރައެއްނަމަ، އެ ފިހާރައަކުން ޚިދުމަތް ދިނުމަށް ހުޅުވިފައި ހުންނަ ގަޑިތަކުގައި، ގަވާއިދުން ހުޅުވުން.

ފުލުހުން ބުނި މިކަންތައްތަކަށް ރިޢާޔަތްކޮށްގެން ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތްތަކުން ޢަމަލުކުރެއްވުމަށް އިލްތިމާސްކުރާކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!