ޚަބަރު

ޒުވާނާއަށް އަނިޔާކުރި މައްސަލައިގައި އެމްޑީޕީ މެމްބަރުންގެ ޝަކުވާ: ރައީސާއި އިމްރާނަށް ކަހާތަން ހިރުވާލިތަ؟ ނޫނީ ރުއިތަ؟

އާއިޝަތު އަލީނާ ، ދެން އޮންލައިން

ހުޅުމާލޭ ކަންނެލި ޖެޓީގައި އޮތް ދޯންޏަކަށް އެރި މީހަކު ބޮކްސާކޮޅަށް ހަދާލައި ބަނދެ ވަރަށް ރަޙުމްކުޑަކޮށް ތަޅާ އަނިޔާކުރުމާ ގުޅިގެން އެ މައްސަލައިގައި މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާތީ އާންމުންގެ ގިނަ ބަޔަކު ފާޑު ކިޔައިފިއެވެ.

Ads by STELCO

އެ ހާދިސާއާ ގުޅިގެން މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ދޯންޏަށް އެރިމީހާ އަތުލައިގަތް މީހުން ވަނީ، އެމީހާ ބޮކްސާ ކޮޅަށް ހަދާލައި އަތާއި ފައި ބަނދެފައެވެ. އަދި އެމީހާ ވަށައިގެން ގިނަ އަދަދެއްގެ މީހުން ތިބި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އެމީހުން އޭނާގެ ގައިގައި ފައިންނާއި ލަޓިބުރި ފަދަ އެއްޗެހި ބޭނުން ކޮށްގެން ތަޅާ އަނިޔާ ކުރާ މަންޒަރު ވެސް ފެނެއެވެ. އެދޯނިން ނެގި ލާރިތަކާއި ފޯނުތައް ކޮބައިތޯ އަހާ، އެމީހުން އަޑުގަދަ ކޮށް އޭނާއާ ސުވާލު ވެސް ކޮށްފައި ވެއެވެ.

އެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށް ނުވަތަ އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން ހާމަކޮށްފައި ނުވާއިރު ފުލުހުން ބުނެފައި ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން ފާޑު ކީ އެމްޑީޕީގެ އިސް މެމްބަރެއް ކަމަށްވާ ޢާއިޝަތު އާނިޔާ ސުވާލު ކުރެއްވީ " ޒުވާނާއަށް އެވަރުގެ ބޮޑު އަނިޔާއެއް ދިންތަން ވީޑިއޯއިން ފެނިގެން ރައީސުލް ޖުމްހޫރިއްޔާއާއި ހޯމް މިނިސްޓަރ ކަހާތަން ހިރުވާލިތޯ ނޫނީ ހިރުވާލިތަން ކަހާލިތޯ ނޫނީ ރުއިތޯ؟" އެވެ.

މީގެ އިތުރުން އެމްޑީޕީ ވެރިކަމުގެ ކުރީގެ ފޮރިން މިނިސްޓަރ އަޙުމަދު ޝަހީދު ވިދާޅުވީ މި ފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށް އެންގުމަކީ ރައީސާއި ހޯމް މިނިސްޓަރުގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.

"މިފަދަ ލާއިންސާނީ ޢަމަލެއް ހިންގާ ކޮންމެ ފަހަރަކު ވަރަށް ސާފު ބަހުން ހަރު އަޑުން ކުށްވެރި ކުރައްވާ އަދި ފިޔަވަޅު އެޅުމަށް އެންގެވުމަކީ ހޯމް މިނިސްޓަރާއި ރައީސް ޞޯލިޙަށް އޮތް ވަރަށް ބޮޑު ޒިންމާއެއް" ޝަހީދު ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ވެސް މަޝްހޫރު "ރޯޔަލް ރޭޕްކޭސް" ފަދަ ކަންކަމުގައި ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ރައީސް ސޯލިހަށާއި މިނިސްޓަރ ޝައިޚް އިމްރާނަށް ވަނީ އަމާޒުވެފައެވެ.

ރޯޔަލް ރޭޕް ކޭސްއާ ގުޅިގެން ޢިމްރާން ވިދާޅުވެފައި ވަނީ ސަފާރީގައި ހިނގި އެ ހާދިސާއަކީ އާންމު ތަނެއްގައި ވެސް މީހަކު ކޮށްފާނެ ފަދަ "އާދައިގެ" ކަމެއް ކަމަށެވެ.

  1. Ehen hedheemah hedhi meeha gos vahnee vahkan kurimeehah 100% baraabaru