ޚަބަރު

ސަސްޕެންޑް ކުރި މުވައްޒަފުންނަށް ރޯދަ އިނާއަތް ލިބޭނީ ބާކީ އޮތް ދުވަސްތަކަށް: ސީއެސްސީ

ދެން އެމްވީ ، ދެން އޮންލައިން

ކައުންސިލް އިންތިހާބާ ގުޅިގެން ސަސްޕެންޑްކުރި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ރަމަޟާން އެލަވަންސް ލިބޭނީ ސަސްޕެންޝަން އުވުނު ދުވަހުން ފެށިގެންކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.

Ads by STELCO

ލޯކަލް ކައުންސިލްތަގެ އިންތިޚާބުގައި ވާދަކުރި ސިވިލް ސަރވިސް މުވައްޒަފުން ސަސްޕެންޑްކުރެވިފައިވުމުން މިހާތަނަށް މުސާރައާއި އިންއަޔްތައް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިޚާބު ނުބޭއްވި، އިންތިޚާބު ފަސްކުރުމަށް މަޖިލީހުން ފާސްކުރި ބިލުގައި ވަނީ ސަސްޕެންޑްވި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން ޤާނޫނު ތަސްދީޤްކުރެއްވުމުން އުވިގެންދާނެކަމަށް ބަޔާންކޮށްފައެވެ.

މި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީޤްކުރެއްވުމުން ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އިއްޔެވަނީ އުވިގެންގޮސްފައެވެ.

މިކަމާއި ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަސްޕެންޝަން އުވި މުވައްޒަފުން ވަޒީފާއަށް ނުކުންނަށް ހަމަޖެހުނުއިރު، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ސަރުކާރު މުވައްޒަފުން މަސައްކަތްކުރަނީ ޚާއްޞަ އުޞޫލެއްގެ ދަށުންކަމަށެވެ. އެހެންކަމުން ވަޒީފާއަށް ނުކުތުމަށް ހަމަޖެހިފައިވާ މުވައްޒަފުން އެ އޮފީހެއްގެ ޒިންމާދާރު ވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލް އަންގާ ގޮތެއްގެގެ މަތިން ވަޒީފާ އާދާކުރުމަށް ވަނީ އަންގާފައެވެ.

އަދި ވަޒީފާއަށް ނުކުތް މުވައްޒަފުންގެ ރަމަޟާންމަހުގެ ޢިނާއަތް، ވަޒީފާއަށް ނުކުތް ދުވަހުންފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ޖެހޭ ޢަދަދުގެ ފައިސާ ދޭނެކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!