ޚަބަރު

ކޮވިޑާ ގުޅިގެން ސަރުކާރުން ކުރާ މަސައްކަތް އިދިކޮޅުން ބަލައިގަނޭ: އިމްރާން

ދެން އެމްވީ

ކޮވިޑާ ގުޅިގެން ސަރުކާރުން ކުރާ މަސައްކަތް އިދިކޮޅުން ފަރާތްތަކުން ބަލައިގަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އިދިކޮޅު ފަރާތްތައް ވެސް ސަރުކާރުގް ކުރަމުންދާ މަސައްކަތް ބަލައިގަންނަ ކަމަށާއި އެގޮތުން އިދިކޮޅު، ޕީޕީއެމް/ޕީއެންސީގެ އިސް ފަރާތެއް އެމަނިކުފާނަށް ގުޅުއްވާ އެ ވާހަކަ ވިދާޅުވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑާ ދެކޮޅަށް މަސައްކަތް ފަށާފައި ވަނީ ސިޔާސީ މަސައްކަތެއްގެ ގޮތުގައި ނޫން ކަމަށާއި މިކަމާ މިކުރިމަތިލަނީ ކޮންމެ ދާއިރާއަކުން ވެސް އެކަމެއްގެ ފްރޮފެޝަނަލް ބޭފުޅުން ދެއްކާ ލަފަޔާ އިރުޝާދާއެކު ސަރުކާރުން ނިންމަން ޖެހޭ ނިންމުންތަކުގެ މައްޗަށް ބުރަވެތިބެ ކަމަށެވެ.

އަދި ކޮވިޑާ ގުޅިގެން ނިންމާ ނިންމުތައް ނިންމަނީ ވަކި ޕާޓީއަކަށް ވަކި ފިކުރަކަށް ނިސްބަތްވާ މީހަކަށް ބެލުމެއްނެތި ކަމަށެވެ.

"އެފަދަ ނިންމުމެއް ނިންމި ދުވަހަކު އަޅުގަނޑަށް އިދިކޮޅު ޕާޓީތަކުގެ އެންމެ އިސް އެއް ލީޑަރަކު އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވި، ތި ނިންމި ނިންމުން އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގެން ނިންމުމެކޭ. އަޅުގަނޑުމެން މިދަނީ މަޝްވަރާ ކުރުމަށްފަހު ނިންމާ ނިންމުތަކަށް ތާއީދު ކުރަމުންނޭ. މި ދެންނެވި ބޭފުޅާއަކީ އިދިކޮޅުގެ ސިޔާސީ ގޮތުން މާ ފުންނާބު އުސް ބޭފުޅެއް." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިވަގުތު މިކުރަނީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި މިކުރަނީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް ކަމަށެވެ. އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ކުރާ މަސައްކަތެއް ކަމަށް މިނިސްޓަރުއިމްރާން ވިދާޅުވިއެވެ.

އިތުރު ތަފްސީލު އަންނަނީ...

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!