ޚަބަރު

ބޮޗޭ އަލުން ޕީޕީއެމް އަށް ސޮއި ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ޕީޕީއެމްއާ އަލުން ގުޅިވަޑައިގަންނަވައިފިއެވެ.

މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޮޗޭ ޕީޕީއެމްއަށް ސޮއިކުރެއްވިކަން އެ ޕާޓީއިން ވަނީ އިޢުލާން ކޮށްފައެވެ. އެ ޖަލްސާގައި އޭނާ ވަނީ ޕީޕީއެމްއަށް ސޮއި ކުރި ފޯމު ހުށަހަޅުއްވާފައެވެ. ފޯމާ ހަވާލުވެޑައިގަންނަވާފައި ވަނީ އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

ބޮޗޭ މިހާތަނަށް ހުންނެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ނައިބު ލީޑަރުގެ މަގާމުގައެވެ. އެހެންނަމަވެސް އޭނާ ވަނީ މި މަހުގެ 16 ވަނަ ދުވަހު ޑީއާރުޕީއިން އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން ޔޮޓް ޓުއާސް ގްރޫޕް އާއި ކާށިދޫ ދާއިރާގެ މަޖިލީސް ސެކްރެޓެރިއޭޓްގެ މަގާމުންވެސް އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ.

އޭނާ ޑީއާރްޕީއާ ގުޅުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ބޮޗޭ މީގެ ކުރިން ވެސް ވަނީ ޕީޕީއެމްގައި މަސައްކަތް ކުރައްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!