ޚަބަރު

އެމްޕީއެލްގައި އަށްމިލިއަން ރުފިޔާގެ ވައްކަމެއް ހިނގައި ދިޔަކަން ކުންފުނީގެ ޗެއާމަން ހާމަކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެތެރޭގައި ހިންގި 8 މިލިއަން ރުފިޔާގެ ވައްކަމެއްގެ ވާހަކަ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޒަކީ ހާމަ ކުރައްވައިފިއެވެ.

Ads by Sosun Fihaara

ޒަކީ މިކަން ހާމަ ކުރައްވާފައި ވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވިދާޅުވެފައިވާ ގޮތުން އެމްޕީއެލްގައި 8 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވެއެވެ.

ޗެއާމަންގެ ހައިސިއްޔަތުން ވައްކަމުގައި ޝާމިލުވި ފަރާތްތައް ސަސްޕެންޑް ނުކުރެވުމުން އެކަމާ އޭނާ ވަނީ މާފަަށް އެދިފައެވެ. އަދި ސަސްޕެންޑް ނުކުރެވުނު ސަބަަބު ވެސް އޭނާ ހާމަ ކުރައްވާފައި ވެއެވެ.

އެގޮތުން ވައްކަމުގެ ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑު ކުރުމަށް އެމްޕީއެލް ބޯޑު މެންބަރުންގެ މެދުގައި ނެގުނު ވޯޓުން މުވައްޒަފުން ސަސްޕެންޑު ކުރުމަށް ތިން މެންބަރުން ވޯޓު ދެއްވާފައިވާއިރު 4 މެންބަރުން ނުފެންނަ ކަމަށް ވޯޓުދެއްވި ކަމުގައި ޒަކީގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޒަކީ އިތުރަށް ވިދާޅުވެފައިވަނީ މި ބޮޑު ވައްކަމުގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވެފައިވާ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!