ޚަބަރު

"އިމްރާން، އަދުރޭއަށް ނިސްބަތްކުރައްވާ ދެއްކެވި ދޮގު ވާހަކަފުޅުތަކުން ދޭހަވަނީ ސަރުކާރުން ފެއިލްވެފައިވާ މިންވަރު"

ދެން އެމްވީ ، ދެން އޮންލައިން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ނިސްބަތްކޮށް ދެއްކެވި ދޮގު ވާހަކަފުޅުތަކުން ދޭހަވަނީ ސަރުކާރުން ފެއިލްވެފައިވާ މިންވަރު ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިޔާމް މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިދިކޮޅު ބައެއް ލީޑަރުން ވެސް ބަލައިގަންނަ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވުމާ ގުޅިގެންނެވެ. އެ ލީޑަރަކީ އަދުރޭ ކަމަށް އެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ހާމަކުރައްވާފައެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ޝިޔާމް ވިދާޅުވީ އިދިކޮޅު ޕީއެންސީގެ ރައީސް އަށް ނިސްބަތްކޮށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން ދޮގު ވާހަކަ ދެއްކެވުމުން ދޭހަވަނީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ކަމަށެވެ. އަދި ސަރުކާރުން ކޮވިޑު ގެ ނަމުގައި ލައްކަ ހަޑި ހާވައިފި ކަމަށާއި، އިދިކޮޅު ކޯލިޝަނުން އޭގެ ތެރެއަށް ވައްދަން ނޫޅުއްވަން ޝިޔާމް ގޮވާލެއްވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްރާންް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ބޮޑު ނިންމުމެއް ނިންމި ދުވަހު އިދިކޮޅު ޕާޓީތަކުގެ އެންމެ އިސް ލީޑަރަކު ގުޅުއްވާފައި އެ ނިންމުން ބަލައިގަންނަ ކަމާއި، މަޝްވަރާކުރުމަށްފަހު ސަރުކާރުން ނިންމާ ނިންމުންތަކަށް ތާއީދު ކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ސަރުކާރުގެ ނިންމުމަށް ތާއީދު ކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިސް ބޭފުޅެއް ކަމަށާއި މި ދައްކަވާ ވާހަކަތައް އެ ބޭފުޅާ އަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުގެ ތެރޭގައި އޮތް މަސްލަހަތު ނަގާލަން ބޭނުން ނުވާތީ އެ ބޭފުޅާގެ ނަމެއް އިމްރާން ހާމަކުރައްވާފައެއް ނުވެއެވެ.

އިމްރާން ވަނީ މީޑިޔާގައި ތަފާތު ވާހަކައެއް ދެއްކެވި ނަމަވެސް، ކޮވިޑް އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތް އިދިކޮޅުން ވެސް ބަލައިގަންނަ ކަމަށްވެސް ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!