ރުޤްޔާގެ ކުރުމުގެ ނަމުގައި އަނިޔާކުރި މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި

ރުގްޔާ ކުރުމުގެ ނަމުގައި މެދު ރާއްޖެ ތެރޭގެ ރަށެއްގައި މަންމައަކާއި އޭނާގެ ތިން އަންހެން ދަރިންނަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ބުނީ މެދު ރާއްޖެ ތެރޭގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 24 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިިރިހެެނެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އުމުރުން 39 އަހަރުގެ ފިރިހެންމީހާ ރޭ 22:30 ހައްޔަރު ކޮށްފައިވާއިރު 24 އަހަރުގެ މީހާ ހައްޔަރު ކުރީ މިއަދު ހެނދުނު 9:51 ގައި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ރުގްޔާގެ ނަމުގައި އަންހެން މީހާ އާއި އޭނާގެ ދަރިންނަށް އަނިޔާކުރި މީހުން ހައްޔަރު ކުރިއިރު އެކަމުގެ ޝިކާރައަކަށްވި އާއިލާއިން މައުލޫމާތުދޭ ގޮތުގައި ތިން މަސް ދުވަސް ވަންދެން އެމީހުން ރަހީނުކޮށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ދީފައިވެއެވެ. އެމީހުންނަށް އެއަނިޔާތަކުން ސަލާމަތް ވެވިފައި ވަނީ މިދިޔަ މަހުގައި ކަމަށާއި ސަލާމަތްވި ދުވަހު ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށް ވެސް ބުންޏެވެ.