ޚަބަރު

ރެސިޕީ: މެންގޯ މޮހީޓޯ

ބޭނުންވާ ތަކެތި:

2 ފާއަނބު ކޮށާފައި

16 އައިސް ކިއުބް ކުދިކޮށްފައި

1/2 ޖޯޑު ސްޕްރައިޓް

8 ކުދީނާފަތް

1 1/2 ސައިސަމުސާ ހަކުރު

ގާނިޝް ކުރުމަށް ކުދީނާ ފަތާއި ލުނބޯ

ތައްޔާރުކުރާނެ ގޮތް:

މޮހީޓޯ ބުއިމަށް ބޭނުންކުރާ ތަށީގެ ތެރެއަށް ކުދީނާ ފަތާއި ލުނބޯ ފޮތިތައް އަދި ހަކުރު އަޅާށެވެ.

ވަނެއްގެ މޯލުން ނުވަތަ ވަޅިއެއްގެ މުށްގަނޑުގެ ކޮޅު ބޭނުންކޮށްގެން ތަށްޓަށް އެޅި ތަކެތި ޗަސްކޮށްލާށެވެ.

މިކްސަރެއްގައި ކުޑަ ފެންފޮދެއް އަޅައިގެން އަނބުކޮޅު ބްލެންޑްކޮށްލުމަށްފަހު ތަށްޓަށް އަޅައި ރަނގަޅަށް ގިރާލާށެވެ.

ކުދިކޮށްފައި ހުރި ގަނޑުފެން އަޅާށެވެ. އޭގެ މައްޗަށް ސްޕްރައިޓް އަޅައި ރަނގަޅަށް ގިރާލާށެވެ. ކުދީނާ ފަތަކާއި ލުނބޯ ފޮތި ބޭނުންކޮށްގެން ގާނިޝް ކޮށްލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!