މި އަންހެން މީހާ އެ މުސްކުޅި މީހާގެ ކާތައްޓަށް ހެދި ގޮތް އެނގޭތަ؟

މިއީ އެމެރިކާގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 18 އަހަރުގެ އަންހެން ވެއިޓްރެސްއެއް ކަންތައް ކުރި ގޮތުގެ ވާހަކައެވެ،
މި އަންހެން ކުއްޖާއަކީ ކޮލެޖަށް ގޮސް މަތީ ތައުލީމު ހާސިލު ކުރުމަށް ޓަކައި ރުފިޔާ އެއްކުރުމުގެ ނިޔަތުގައި އޭނަގެ އުމުރުން ގާތްގަނޑަކަށް އެންމެ 16 އަހަރުން ފެށިގެން އެތަނުގައި މަސައްކަތް ކުރަމުން އަންނަ އަންހެން ކުއްޖެކެވެ. ކަންތައް ވީ ވަރަށް ވެސް ތަފާތު ގޮތަކަށެވެ.
އާދައިގެ މަތިން ވަޒީފާގައި އުޅުނު ދުވަހެއްގައި، އޭނަގެ ގާތަށް ހެނދުނުގެ ނާސްތާއަށް އައި މުސްކުޅި މީހެކެވެ. އޭނާއާ ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. ދުރުން މަންޒަރު ބަލާނެ އެހެންމީހަކު ހުރި ކަމެއް މި އަންހެން ކުއްޖާއަކަށް ނޭނގެއެވެ.
މަންޒަރު ބަލަން ކިއުގައި ހުރި މީހާއަށް ކޮންމެވެސް ކަމެއް ވަރަށް ވަގު ވަގަށް ހިންގަމުން ދާކަން އެނގުނު ހިސާބުން އެމަންޒަރު ވަރަށް ވަގަށް ވީޑިއޯ ކުރިއެވެ.

ދެން ފެނުނު މަންޒަރަކީ އެ މުސްކުޅި މީހާގެ އަތަށް ތަށި ދިނުމާއެކު އެމުސްކުޅި މީހާގެ މޫނުމައްޗަށް އައި ހިނިތުންވުމެވެ. މިހާރު ކަންތައް ވީގޮތް މަންޒަރު ބަލަން ހުރި އަންހެން މީހާއަށް މުޅިން އޮޅިއްޖެއެވެ. ހަގީގަތް ބަލަން ވަރަށް ބޭނުންވިއެވެ. އެންމެ ފަހުން އެ ވެއިޓްރެސް ކުއްޖާއާ ދިމާއަށް އެއްޗެހި ވެސް ގޮވީއެވެ. އެ ހިސާބުން އެ ވެއިޓްރެސް ކުއްޖާގެ ލޮލުން ހިފެހެއްޓުމެއް ނެތި ފައިބާން ފެށީ ކަރުނައެވެ.
ހަގީގަތުގައި އެ އަންހެން ކުއްޖާ އެއްވެސް ގޯސް ކަމެއް ނުކުރެއެވެ. ބަދަލުގައި އެ މުސްކުޅި ބޭބެއަށް ވެދިނީ އެހީތެރިކަމެވެ. ބޭބެ މުސްކުޅި ވުމުގެ ސަބަބުން އަދި ނޭވާ ލުމަށް އޮކްސީޖަން ފުޅިއެއް ހިފައިގެން އުޅޭ މުސްކުޅި ބޭބެއަކަށް ވުމުން ކާއެތިކޮޅު ބޭބެއަށް ކެވޭ ވަރަށް ކުދި ކޮށްލަދިނީއެވެ. މިކަން މި އަންހެން ކުއްޖާ ސިއްރުން ކުރި ސަބަބަކީ އެކުގައި މަސައްކަތް ކުރާ އެހެން ފަރާތަކަށް މަންޒަރު ފެނިއްޖެނަމަ މާ މަންޒަރު ގޯސް ވެދާނެތީއާއެކު، ބޭބެ ގެ އަގު ވައްޓާ ނުލުމަށެވެ.އަދި މި އަންހެން މީހާގެ މިހެން ކަންތައް ކުރި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރި ހިސާބުން ވަރަށް ގިނަ ބައެއްގެ ލޯބި ވަނީ ލިބިގެން ގޮސްފައެވެ.