ރާއްޖެއިން ބޭރުގެ މައްސަލައަކާ ގުޅިގެން ފުރަތަމަ ފަހަރަށް ހައިކޯޓުން އަމުރެއް ނެރެފި
ރާއްޖެއިން ބޭރުގެ އާބިޓްރޭޝަންގައި ހިންގަމުންދާ މައްސަލައަކާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގެ ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
އެގޮތުން ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ އެއްބަސްވުމެއް ބާތިލުކުރި މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެ އެއްބަސްވުމަކީ ޖުމެއިރާ މެނޭޖްމެންޓް ސާވިސް އާއި އެސްޕީއެޗް ކިޔާ ކުންފުންޏަކާ ދެމެދު ހަދާފައިވާ އެއްބަސްވުމެކެވެ. ނަމަވެސް އެސްޕީއެޗް އިން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.
މިދެކުންފުނީގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމާ ގުޅިގެން ޖުމެއިރާއިން ވަނީ އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައެވެ. އަދި ޖުމެއިރާއަށް ރިސޯޓު ހިންގުމުގެ ހައްގު ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ރާއްޖޭގެ ހައި ކޯޓުން އަމުރެއް ނެރެދިނުމަށް ވެސް އެކުންފުނިން އެދިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އާބިޓްރޭޝަން ގާނޫނުގައިވާ ގޮތުގެ މަތީން ހައި ކޯޓަށް އެފަދަ ވަގުތީ އަމުރެއް ނެރެވިދާނެ ކަމަށެވެ.