ޚަބަރު

ހާލަތު އިތުރަށް ގޯސް ނުވޭ، ފެންނަމުންދަނީ ގިނަ މީހުން ހިމެނޭ ބޮޑު ކްލަސްޓާތައް: ޑރ. އަފްޒަލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ބަލީގެ ހާލަތު ގޯސް ނުވާ ކަމަށާއި، ފެންނަމުން ދަނީ ގިނަ މީހުން ހިމެނޭ ބޮޑު ކްލަސްޓާތައް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑިއަމޮލަޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޑރ.އަފްޒަލް މިހެން ވިދާޅުވެފައިވަނީ ހެތްލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ގިނަ ފަހަރު ފެންނަ ކްލަސްޓާތަކަކީ ގިނަ ބަޔަކު ހިމެނޭ އެއް ކްލަސްޓާ ނުވަތަ ދެ ކްލަސްޓާ ކަމަށާއި ،ވަކިވަކިން ހުންނަ ކްލަސްޓާތަކަކީ މަދު މީހުން ހިމެނޭ ކްލަސްޓާތައް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ވަކި ކަހަލަ ތަންތަނުން ގިނަ ކްލަސްޓާތައް ފެނުން އިތުރު ވަނީ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ އިރުޝާދުތަކަށް އަމަލު ނުކުރެވެތީ ކަމަށެވެ.

"ވަކި ކަހަލަ ތަންތަނުން ގިނަ ކްލަސްޓާތައް ފެނުނު، އޭގެ ތެރޭގައި ރިސޯޓްތަކުން ފެންނަ މީހުންގެ އަދަދު އިތުރުވުން ނުވަތަ މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ކޭސްތައް އިތުރުވުން. އޭގެ ތެރޭގައި ބެލެވޭނެ އެއްކަމަކީ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ އިރުޝާދުތަކަށް އަމަލު ނުކުރެވެނީ ކަމަށް" ޑރ.އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ވަކިވަކިން ހުންނަ ކްލަސްޓާތަކަކީ މަދު މީހުން ހިމެނޭ ކްލަސްޓާތައްކަން ފާހަގަ ކުރައްވާ ޑރ.އަފްޒަލް ވިދާޅުވީ އެއީ ރަނގަޅު އަލާމާތެއްގެ ގޮތުގައި ވެސް ބެލިދާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!