ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހިލޭ އެޅެން އޮތްތަނެއް: ނަޝީދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބޮޑުކޮށް ތަރައްގީކުރަން ނަގާފައިވާ ލޯނުތަކަށް އަންނަ އަހަރު ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަމަށާއި އެއީ ހިލޭ އެޅެން އޮތް ތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން ނެގި ކޮމިޓީން އެކުލަވައިލި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ގެންދަވަނިކޮށް، ނުސީދާކޮށް ބަހުސްގައި ބައިވެރި ވަޑައިގެން ނަޝީދު ވަނީ، ބޭރުގެ ބޭންކުތަކަށް ރާއްޖެ އިން އަންނަ އަހަރު ފައިސާ ދައްކަން ޖެހޭ ލޯނުތަކުގެ ލިސްޓެއް ވިދާޅުވެފައެވެ. ނަޝީދުގެ މި ލިސްޓްގައި ހިމެނެނީ، ހަމައެކަނި ޗައިނާއަށް ދައްކަވަން ޖެހޭ ލޯނުކަން ފާހަގަ ކޮށްލެވެއެވެ
ނަޝީދު ވިދާޅުވި ލިސްޓުގައިވާ އަދަަދަށް ފައިސާ ދައްކާ ނަމަ ލޯނު ތަކަށް އަންނަ އަހަރު ރާއްޖެ އިން 199.25 މިލިއަން ޑޮލަރު (3.6 ބިލިޔަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ.
"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އެއީ ހިލޭ އެޅެން އޮތް ތަނެއްކަން، ވެލާނާ އެ ކިޔާ އިންޓަނޭޝަނަލް އެއާޕޯޓު. ފަންސަވީސް އަހަރު ދުވަހުގެ މުއްދަތަށް ބަޔަކު މީހުން އަޅާފައި ހިންގާފައި، އަޅާފައި އަޅުގަނޑުމެންނަށް ދީފައި މިހާރު ދާހާ ދުވަސް މިވީ،" ނަޝީދު ވިދާޅުވި އެވެ.
ހިލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެޅޭނެ ކަމަށް ނަޝީދު ވިދާޅުވެފައި މިވަނީ، ބަޔަކާ ހަވާލުކޮށްގެން އެއާޕޯޓް ތަރައްޤީ ކުރުމަށް ކަމަށް ބެލެވެއެވެ.
"25 އަހަރު ދުވަހު އަޅާފައި، ހިންގާފައި އަޅުގަނޑުމެންނަށް ދީފައި، މިހާރު ދާހާ ދުވަސް މިވީ" ނަޝީދު ވިދާޅުވިއެވެ
ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް 35 އަހަރަށް ކުއްޔަށް ދިނެވެ. އެއާޕޯޓް ތަރައްޤީ ކުރަން ކަމަށް ބުނެ އެއާޕޯޓް ކުއްޔަށް ދީފައިވާއިރު، ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުމާއެކު، ރައީސް ވަޙީދު ވަނީ އެ އެއާޕޯޓް އަނބުރާ ދައުލަތަށް ނަގާ އެއްބަސްވުން ބާތިލު ކޮށްފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޖީއެމްއާރަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަވަން ޖެހުނެވެ.
މިހާރަކު ބާޒާރުގަ ތިވާހަކާއިގެ އަގެއނެތް .
3 ބިލިޔަން ރުފިޔާ ނުދެއްކޭ ބަޔަކު ކީއްކުރަން ސަރުކާރާ ހަވާލުވެގެން ތިބެނީ އަވަހައް އެހެންބަޔަކާ ހަވާލުކުރޭ.
ކަންކުރަން ދައްނަ މީހުން އެބަތިބި މިރާއްޖޭގަވެސް….