ޚަބަރު

ވަގަށް ނުނަގާނީ ދެން ކޯޗެއް؟ ގެއަކުން ގަސްތަކެއް ވެސް ވަގަށް ނަގައިފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގެ ގެއަކަކުން މީހަކު ގަސްތަކެއް ވަގަށް ނަގައިގެން ފުލުހުން ވީޑިއޯއެއް އާންމު ކޮށްފިއެވެ.

Ads by MWSC

ފުލުހުން އާންމު ކޮށްފައިވާ ވީޑީއޯ އަކުން ފެންނަނީ މާސްކު އަޅައިގެން ހުރި ފިރިހެނަކު، ގެއެއްގެ ތެރެއަށް ވަދެގެން ގޮސް އެގޭގެ ގޯޅި ތެރޭގައި ބަހައްޓާފައި ހުރި ގަސްތަކެއް ވަގަށް ނަގައިގެން ބާރަށް އަވަސް އަވަހަށް ދާތަނެވެ.

މިމީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދެމުން ފުލުހުން ބުނެފައި ވަނީ އެމީހާއަކީ 2020 ނޮވެމްބަރު 25 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއަކުން ގަސްތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

ވީމާ އެމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!