ޚަބަރު

ރާއްޖޭގެ އުތުރަށް މަސްވެރިން ނުނިކުންނަން އިންޑިއާގެ މެޓުން އިލްތިމާސް ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ އުތުރަށް މަސްވެރިން ނުނިކުތުމަށް އިންޑިއާގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ. އެޤައުމުގެ މެޓް އޮފީހުން މިފަދައިން އަންގާފައި މިވަނީ ބޭ އޮފް ބެންގާލް ގައި މިހާރު އުފެދެމުން އަންނަ ކޮޅިގަނޑު ތޫފާނަކަށް ބަދަލު ވެދާނެތީ ކަމަށް ރިޕޯޓު ތަކުން ބުނެފައިވެއެވެ.

Ads by STELCO

އެގޮތުން އަވަށްޓެރި އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައި ވަނީ، އިރު ދެކުނު ބޭ އޮފް ބެންގަލް އާއި ދެކުނު އަންޑަމަން ކަނޑާއި، އިކުއަޓޯރިއަލް އިންޑިއަން އޯޝަންގައި އުފެދިފައިވާ ކޮޅިގަނޑު، އެއް ދުވަސް ތެރޭ އިތުރަށް ބާރުގަދަވެ، ތޫނާފަނަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ.

އިންޑިއާގެ މެޓް އޮފީހުން ބުނީ އެ ކޮޅިގަނޑު ކުރިއަށްއޮތް އެއް ދުވަސް ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށާއި، ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު އެ ތޫފާން ދަތުރު ކުރާނެ ކަމަށް ބެލެވެނީ ދެކުނު ޓަމިލްނެޑޫ ކަނޑަށް ކަމަށެވެ.

މީގެއިތުރުން، ޓަމިލްނެޑޫ، ޕުޑުޗެރީ އާއި ކަރައިކަލް، ކެރެލާ އާއި މަހޭލަކްޝާދްވީޕް އާއި ދެކުނު އަންދްރާ ޕްރަދޭޝް އަދި ދެކުނު ރަޔަލަސީމާއަށް މާދަމާ އިން ފެށިގެން ބުރާސްފަތު ދުވަހުގެ ނިޔަލަށް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އިންޑިއާ މެޓުން ބުންޏެވެ.

Ads by Allied Insurance
  1. ރައްްޔިތުން

    އިންެޑިޔާ އިން ބަސް ބުނަން ފެށީ. މިއީ ދުރު ޕްލޭނެއްގެ ފެށުން.

  2. ރާއްޖެތެރޭމީހާ

    ރާއްޖޭގެ ދެކުނުންވެސް ބުދަދުވަހުން ފެށިގެން އުތުރަށްވުރެން މާ ގަދަވާނެ