ސާވިސް ޗާޖުގެ ގޮތުގައި ވެލާ ރިސޯޓުން މިފަހަރު 1684 ޑޮލަރު!

ވެލާ ޕްރައިވެޓް ލިމިޓެޑް ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 1684 ޑޮލަރު ދޭގޮތަށް ދޭން ނިންމައިފިއެވެ. މިއީ ދިވެހި ރުފިޔާއިން ނަމަ 25،967 ރުފިޔާއެވެ.
ކޮވިޑު-19 ގެ މި ދަނޑިވަޅުގައި އެންމެ ބޮޑު ސާވިސް ޗާޖެއް ދޭ ރިސޯޓެއްގެ ގޮތުގައި މި ރިސޯޓު ވެފައިވާއިރު، ކޮވިޑު-19 ގެ ކުރިން ވެސް އެންމެ ބޮޑު ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ތެރޭގައި ވެލާ ޕްރައިވެޓް ލިމިޓެޑް ރިސޯޓު ވަނީ ފާހަގަ ކުރެވިފައެވެ.
މީގެ އިތުރުން ބ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ނައުޓިލަސް މޯލްޑިވްސް އިން ވެސް މިމަހުގެ ސާވިސް ޗާޖެއްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1334 ޑޮލަރު ދީފައިވާއިރު، ވަން އެންޑް އޮންލީ ރީތި ރަށް ރިސޯތުން ވެސް މިމަހު ކޮންމެ މުވައްޒަފަކަށް 1114 ޑޮލަރު ސާވިސް ޗާޖެއްގެ ގޮތުގައި ވަނީ ދޭން ނިންމާފައެވެ.
ރާއްޖެއަކީ މަތީ ފެންވަރުގެ ގިނަ ރިސޯޓުތައް އެކުލެވޭ ގައުމަކަށް ވީ ނަމަވެސް ގިނަ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ދެނީ ނިސްބަތުން ކުޑަ އަދަދެކެވެ.