ޚަބަރު

7 ފެބްރުއަރީ އަކީ "ނުވާކަމެއް" ކަމަށް ހެދުމަކީ ބޮޑު ގެއްލުމެއް: ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މީގެ އަށް އަހަރު ކުރިން، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ފުލުހުން ނުކުމެ ދެއްކި ނުކިޔަމަންތެރިކަމަކީ "ނުހިނގާ" ކަމެއްގެ ގޮތުގައި ދެކިއްޖެނަމަ އެއީ ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެއިރުގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެދުވަހަކީ އެމަނިކުފާނުގެ ވެރިކަމަށް 3 އަހަރު ފުރި ، އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކުރި ދުވަހެވެ. އެދުވަހު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ވަނީ އިދިކޮޅު ފަރާތްތަކާ އެއްބައިވެފައެވެ. އަދި އެދުވަހު ރައީސް ނަޝީދު ވަނީ އިސްތިއުފާ ވެސް ދެއްވާފައެވެ.

އެ ދުވަހުގެ ހަނދާންތައް އާ ކުރައްވާ ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ  އެ ދުވަހު ފުލުހުން ނުކުމެ ދެއްކި ނުކިޔަމަންތެރިކަމަކީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކި ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަން ވިސްނައިފިނަމަ އެއީ ޒަމާންތަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!