ސަނީ ޑިއޯލް ކޮވިޑަށް ފައްސި ވެއްޖެ
ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެކްޓަރ ސަނީ ޑިއޯލް ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ސަނީ ޑިއޯލް ކޮވިޑަށް ފައްސި ވެފައިވާކަން މީސް މީޑިއާ މެދުވެރިކޮށް އޭނާ ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ކޮވިޑަށް ފައްސިވި ކަމުގައި ވިޔަސް ސަނީ ޑިއޯލް ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި މިވަގުތު އޭނާ ހުރީ ގޭގައި އަމިއްލައަށް އެކަހެރި ވެގެން ކަމަށެވެ.
މިފާއިތުވީ ދުވަސްތަކުގައި އޭނާ އާއި ކޮންޓެކްޓް ވެފައިވާ މީހުން ވީއެންމެ އަވަހަަކަށް ކޮވިޑަށް ޓެސްޓު ކުރުމަށް ވެސް ސަނީ ވަނީ ބުނެފައެވެ.
ސަނީ ޑިއޯލް އަކީ އިންޑިއާގެ ގުރްދާސްޕޫރް އަވަށުގެ މަޖިލިސް މެންބަރު ވެސް މެއެވެ.
ކޮވިޑަށް ފައްސި ވެފައިވާ ކަމުގެ ޚަބަރާއެކު ގިނަ ބަޔަކު ވަނީ ސަނީ ޑިއޯލަށް ހެޔޮ ދުޢާ ކޮށްފައެވެ.
ސަނީ ޑިއޯލް ވަނީ "ބޯޑަރ"، "ގަދާރް- އޭކް ޕްރޭމް ކަތާ"، "ޕޯސްޓަރ ބޯއިޒް" އަދި "ދީވާނާ" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައެވެ. އޭނާގެ ދެން އެންމެ އަވަހަށް ފެންނާނީ "އަޕްނޭ 2" ނަމަކަށް ކިޔާ ފިލްމެކެވެ. މިފިލްމުގައި ކަރަން ޑިއޯލް ވެސް ހަރަކާތްތެރި ވެއެވެ.