ދުނިޔެ

ކުއީން އެލިޒިބަތު ތަށި ދޮންނަން ވަރަށް ފޯރި ހުރޭ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އުމުރުން މިހާރު 90ގެ އަހަރުތައް ގުނަމުންދާ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ތަށި ދޮންނަން ވަރަށް ޝައުގުވެރިކަން ހުންނަ ކަމަށް ރާނީގެ އަރިހުގައި މަސައްކަތް ކުރި ބޭފުޅަކު ހާމަކޮށްފިއެވެ. އަދި އެކަމަށް ޚާއްޞަ އަންގިއެއް ވެސް ގެންގުޅުއްވާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Ads by Sosun Fihaara

އުމުރުން 62 އަހަރުގެ ޕައުލް އަކީ ޕްރިންސަސް ޑަޔާނާގެ އަރިހުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޕައުލް ވިދާޅުވި ގޮތުގައި ރާނީ އެލިޒަބަތު އަކީ ފަރިއްކުޅުއްވާއިރު އެހާ ގިނައިން ފަރިއްކުޅުއްވާ ބޭކަނބަލެއް ނޫން ކަމަށެވެ. ޕައުލް ، ރާނީ ސިފަ ކުރައްވަނީ ވަރަށް ހިތްޕުޅު ހެޔޮ ރިވެތި އަޚްލާޤެއްގެ ވެރިއެއްގެ ގޮތުގައެވެ.

މީގެ އިތުރުން ޕައުލް ވަނީ ރާނީ އާއި ޕްރިންސް ފިލިޕްގެ ގުޅުން ހީނަރުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ޕްރިންސް ޗާލްސް ރާނީ ދެކެ ވަރަށް ލޯބިފުޅުވާ ކަމަށާއި ގުޅުން ރަނގަޅު ކަމަށް ހާމަ ކުރައްވާފައެވެ.

ދާދި ފަހުން ޝާހީ ޢާއިލާގެ ވާހަކަތައް ގެނެސްދޭ ނެޓްފްލިކްސް ގައި މަޝްހޫރުކަން ހޯދި ސީރީޒް " ދި ކްރައުން " ގައި ރާނީ އަވަހާރަފުޅު ލައްޕަވަނީ ވަކިން ކަމަށް ދެއްކިޔަސް އެކަން ވެސް ޕައުލް ވަނީ ދޮގުކޮށްފައެވެ. އަދި އެ ސީރީޒްގައި ދައްކާ ވަރަށް ވުރެ ރާނީ އެލިޒަބަތު ހެދުން ތުރު ކުރައްވާ ގޮތް ވެސް ސާދާކަން ޕައުލް ވަނީ ފާހަގަކޮށްފައެވެ. އަދި ޕައުލްގެ ފާޑުކިޔުންތައް ވަނީ އެސީރީޒްއަށް އަމާޒު ވެފައެވެ.

Ads by PNC
  1. އާ އެހެންނުވާނީ އެމީހުން ދިނީމާ ކައިގެން އުޅޭމީހަކަށް އެމީހުން ވަރެއް ނޯންނާނެ ވިއްޔަ…

  2. ސާރާ

    ޑްރާމާގަ ވެސް ހެދުންތައް ރީތި