ޚަބަރު

ސަރުކާރު ފްލެޓްތަކުގެ ކުލި ދެއްކުމުގެ މުއްދަތު އިތުރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރު ފްލެޓްތަކުގެ ކުލި ދެއްކުމުގެ މުއްދަތު މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އިތުރު ކޮށްދީފިއެވެ.

Ads by Sosun Fihaara

މާލޭ، ހުޅުމާލެ، އަދި އަތޮޅުތެރޭ ރަށްރަށުން ދޫކޮށްފައިވާ ފްލެޓްތަކަށް ފައިސާ ދެއްކުން ފަސްކޮށްދީފައި ވަނީ ގިނަ ފަރާތްތަކަކުން އެކަމަށް ހުށަހަޅަމުން ދާތީއެވެ.

ކުލި ފަސްކުރާ މުއްދަތުގައި ވެސް މެއިންޓެނެންސް ފީ ދައްކަން ޖެހެއެވެ. އަދި ކުލި ފަސްކޮށް ދެނީ، އެ މުއްދަތު އެގްރިމެންޓަށް އިތުރުކުރާ ގޮތަށް ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

މިނިސްޓްރީ އިން ވަނީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ފްލެޓްތަކުގެ ކުލި ދެއްކުން ފަސްކުރުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު ދީފައެވެ.

ފޯމު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ގިނަ ފަރާތްތައް މިނިސްޓްރީގައި އެދެމުން ދިޔުމާއި ގުޅިގެން ކުލި ފަސްކުރަން ބޭނުންވާ ފަރާތްތަކުން ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އައިޑީކާޑުގެ ކޮޕީއާއި މިނިސްޓްރީއާއެކު ކުރެވިފައިވާ އެގްރިމެންޓުގެ ނަންބަރު އެނގޭނެހެން ހައުސިންގ މިނިސްޓްރީ އަށް އީމެއިލް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކުލި ފަސް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!