ޚަބަރު

ޖަޕާނު މީހުންނަށް ކޮވިޑް ވެކްސިން ދެނީ ހިލޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޖަޕާނުގައި ދިރިއުޅޭ އެންމެނަށް ކޮވިޑް-19 ވެކްސިން ހިލޭ ދިނުމަށް ޖަޕާނު ސަރުކާރުން ނިންމައިފިއެވެ.

Ads by Hajj Corporation

ޖަޕާނު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެގައުމުން ކޮވިޑް-19 ވެކްސިން ހިލޭ ދިނުމަށް މިހާރު އެގައުމުގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

ޖަޕާނުގައި ދިިރިއުޅޭ 126 މިލިއަން މީހުނަށް ހިލޭ ވެކްސިން ދިނުމަށް އެގައުމުން ނިންމާފައިވާއިރު، އެގައުމުން ދޭން ނިންމާފައިވަނީ ކޮން ގައުމެއްގެ ކޮން ވެކްސިނެއްކަމެއް މިހާތަނަށް ޖަޕާނުން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި ޖަޕާނުން ދޭނެ ކަމަށް ލަފާ ކުރެވެނީ ފައިޒާއިން 60 މިލިއަން އަދި މޮޑާނާއިން 25 މިލިއަން ވެކްސިނެވެ.

ޖަޕާނުގައި ކޮންމެ ދުވަހަކުވެސް ރެކޯޑު އަދަދަކަށް މީހުން އަންނަނީ ފައްސިވަމުންނެވެ. އެގައުމުން މިހާތަނަށް 150،000 އަށް ވުރެ ގިނަ މީހުނަށް ބަލި ޖެހިފައިވާއިރު، މި ބަލި ޖެހިގެން 2،100 މީހުން ވަނީ މަރުވެފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!