ޚަބަރު

ސިނަމާލެ ބްރިޖުގައި ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓު ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސިނަމާލެ ބްރިޖުގައި ކާރަކާއި ވޭނެއް ޖެހި މިއަދު ހަވީރު އެކްސިޑެންޓެއް ހިނގައިފިއެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިނަމާލެ ބްރިޖުގައި ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު މިއަދު 17:38 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ ކާރު އަދި ވޭން ދުއްވި މީހާއަކީ ވެސް "އީ" ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ ބައެއް ކަމަށެވެ. ނަމަވެސް އެ ދެ މީހުންގެ ލައިސެންސް ވެސް އޮތީ މުއްދަތު ހަމަވެފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!