ޚަބަރު

ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި ރައްކާތެރިކަމުގެ ޙައްޤުވެރީންނަށް ސަޢުދީން ދީލަތި އެހީތަކެއް

ރަމަޟާން އިނާޔަތުގެ ގޮތުގައި ސައުދީ އަރަބިއާގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޙައްޤުވެރީންނަށް ޚާއްސަކޮށް، 1.85 ބިލިއަން ރިޔާލް ބެހުމަށް ސަލްމާން ރަސްގެފާނު ނިންމަވައިފިއެވެ.

މިނިންމެވުމުގެ ދަށުން ކޮންމެ ގެއެއްގެ ޚަރަދުތައް ބަލަހައްޓާ އެންމެ އިސްކޮށް ހުންނަ މީހާއަށް 1000 ރިޔާލް އަދި އާއިލާގައި ދެން ތިބި ކޮންމެ މީހަކަށް 500 ރިޔާލް ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށާއި އިޖުތިމާޢީ ރައްކާތެރިކަން ޙައްޤުވާ އެހެން ފަރާތްތަކަށް ވެސް ސަލްމާން ރަސްގެފާނު ކަނޑައެޅުއްވި ބަޖެޓުން ދިނުމަށް އެހީ ދިނުމަށް ހަމަޖެހިފައިވެއެވެ.

ސައުދީ އަރަބިއާގައި ވެސް ކޮރޯނާ ވައިރަސް ފެތުރެމުން ދިޔުމާއި ގުޅިގެން، މީގެ ކުރިން ސަލްމާން ރަސްގެފާނުގެ ހިއުމެނިޓޭރިއަން ފަންޑުން ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކާނާ އާއި އެހެނިހެން ޒަރޫރީ ތަކެތި މިރަމަޟާންމަހު ހަދިޔާ ކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!