ޚަބަރު

ޖީއެސްޓީ ގާނޫނަށް އިސްލާހު ފޮނުވަން ފުރުސަތު ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހު ފޮނުވަން ފުރުސަތު ހުޅުވާލައިފިއެވެ.

Ads by MWSC

މިނިސްޓްރީގެ ޓެކްސް ޕޮލިސީ ޑިޕާޓްމަންޓަށް އިސްލާހު ފޮނުވަން ޖެހެނީ ޕީޑީއެފް ކޮޕީ އަކާއެކު ވޯޑް ޑޮކިއުމެންޓެއްގައެވެ. މި ފުރުސަތު ހުޅުވާލެވިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ކުރިންނެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގެ ޓެކުހުގެ ނިޒާމަކީ ދެ ފުށް ފެންނަ ހަމަހަމަ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް ހެދުމާއި މި ނިޒާމު ބައިނަލް އަގުވާމީ ގޮތުން ގަބޫލު ކުރާ މިންގަނޑުތަކާ އެއް ހަމައެއްގައި ހުރި ނިޒާމަކަށް ހަދަން ސަރުކާރުން ބޭނުންވާ ކަމަށެވެ.

ރާއްޖޭގައި ޓެކްސް ނަގަން ފެށިފަހުން ދައުލަތަށް އެންމެ ގިނަ އާމްދަނީ ލިބޭ އެއް ވަޞީލަތަކީ އެކި ދާއިރާތަކުން ނެގޭ ޓެކްހެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!