ދިޔާނާ އިމްރާނަށް: އަދީބު ގެއަށް ބަދަލުކުރީ ކަޅު ފައިސާގައި އަތާއި ދަތް ހޭކިފައި ހުރި މިންވަރު ބޮޑުކަމުން

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެއަށް ބަދަލު ކުރީ އެމަނިކުފާނު ބެއްސެވި ކަޅު ފައިސާ އަތްޕުޅާއި ދަތްޕުޅުގައި ހޭކިގައި ހުރި މިންވަރު ބޮޑުކަމުން ކަމަށް ބުނެ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު ، ހޯމް މިނިސްޓަރ އިމްރާން ޢަބުދުﷲއަށް ރައްދު ދެއްވައިފިއެވެ.\
އަދީބުގެއަށް ބަދަލު ކުރީ މެޝިނެއްގެ އެހީގައި ނިދާތީ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވި ޚަބަރެއް ހިއްސާ ކުރައްވަމުން ، އެމަނިކުފާނަށް ނިސްބަތް ކުރައްވާ ، ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ފަޑިޔާރުން ވަކިކުރަން ފައިސާ ދިނީއޭ، އަދީބޭ، ޚިޔާނާތޭ އިރުއިރުކޮޅަކުން ވިދާޅުނުވުމަށާއި (އެމްއެމްޕީއާރުސީ ގެ) ޚިޔާނާތުގައި ޝާމިލް ނުވާ އެއްވެސް ވެރިއަކު ތިތާކު ނެތް" ކަމަށެވެ.
ދިޔާނާ މިހެން ވިދާޅުވިއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަހުމަދު އަދީބު ދީފައިވާ ބަޔާނެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ބަޔާނުގައި އަދީބު ވިދާޅުވެފައިވާ ގޮތުގައި ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް ކޯޓްތަކުގެ ގާނޫއިސްލާޙް ގެނައުމުގެ ބިލް ހުށަހެޅުމަށް 20 މިލިއަން ރުފިޔާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފަށް ދިން ކަމަށް ބުނެފައިވެއެވެ. މިކަމާ ގުޅިގެން ޝަރީފް ވިދާޅުވެފައި ވަނީ އެ ބިލް އަނބުރާ ގެންގޮސްފައި އޮއްވާ އަލުން އެބިލް ހުށަހެޅުއްވީ އޭރު ޖަލުގައި ހުންނެވި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެގެން ކަމަށެވެ.
އެބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ، އޭރުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެ ބިލަށް ތާއީދު ކުރައްވާ ގިނަ މެމްބަރުންނެއް އެމްޑީޕީގައި ވެސް ތިއްބެވި ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވިއިރު ވޭތުވެދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތައް ގެނައުމުގައި އެމްޑީޕީގެ މެމްބަރުން ވެސް ވޯޓް ދެއްވެވިކަން ފާހަގަ ކޮށްލެވެއެވެ.
ހުސް ވަގުން.