ޚަބަރު

ކުރިއަށް އޮތް 2 ހަފްތާގައި އެމްއެމްއޭ އަދި ބޭންކުތައް ހުޅުވާފައި ހުންނާނީ 3 ދުވަހު!

ކުރިއަށް އޮތް 2 ހަފްތާގައި އެމްއެމްއޭ އަދި ބޭންކުތައް ހުޅުވާލާފައި ހުންނާނީ 3 ދުވަހުކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

މަރުކަޒީ ބޭންކު، މލްޑިވްސް މޮނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވީ މިމަހުގެ 15 އިން 28ގެ ނިޔަލަށް ޒަރޫރީ ބޭންކިންގ ޚިދުމަތް ދިނުމަށްޓަކައި އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާފައި ހުންނާނީ މިހަފްތާގެ ހޯމަ، ބުދަ އަދި އަންނަ ހަފްތާގެ އަންގާރަދުވަހު ކަމަށެވެ.

މިދުވަސްތަކުގައި ބޭންކުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން 12:00 އަށެވެ. ނަމަވެސް މިދުވަސްތަކުގައި އެމްއެމްއޭއިން އާއްމުންނަށް ޙިދުމަތް ނުދޭނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވީ ނަމަވެސް އަސާސީ ބޭންކިންގ ޙިދުމަތްތައް ދިނުމަށް ފާއިތުވީ ހަފްތާތަކުގައިވެސް ބޭންކުތައް ވަނީ ހަފްތާއަކު 2 ދުވަހު ހުޅުވާ ޙިދުމަތް ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!