މީހެއްގެ ނޭފަތުގައި 50 އަހަރަށްވުރެ ގިނަ ދުވަހު ހަރުލާފައި އޮތް ފައިސާ ފޮއްޗެއް ނަަގައިފި
އުމުރުން 59 އަހަރުގެ ރަޝިއާއަށް ނިސްބަތްވާ ފިރިހެނެއްގެ ނޭފަތުގައި 50 އަހަރަށް ވުރެ ގިނަ ދުވަހު ހަރުލާފައި އޮތް ފައިސާ ފޮއްޗެއް ނަގައިފިއެވެ.
އޭނާ ބުނި ގޮތުގައި މި ފައިސާ ފޮތި އޭނާގެ ނޭފަތުގައި ހަރުލީ އުމުރުން އެންމެ 6 އަހަރުގައެވެ. އަދި އެވާހަކަ އޭރު އޭނާގެ މަންމަގެ ގާތުގައި ނުބުނީ މަންމައަކީ ރުޅިގަދަ މީހަކަށް ވާތީ އެކަމާ ރުޅި އައިސްފާނެތީ އެކަމާ ބިރުން ކަމަށެވެ. އަދި ފަހުން އެ ފައިސާ ފޮތި ނޭފަތުގައި ހަރުލާފައިވާކަން އޭނާ ހަނދާން ނެތުނީ ކަމަށް އޭނާ ބުންޏެވެ.
އޭނާއަށް އޭރު އެ ފައިސާ ފޮތީގެ ސަބަބުން އެއްވެސް އުނދަގުލެއް ނުވެއެވެ. އޭނާއަށް އެ ފައިސާ ފޮތީގެ ސަބަބުން ނޭވާ ލުމަށް ދަތިވާން ފެށީ އޭނާގެ އުމުރުން ފަންސާހުގެ އަހަރުތަކުގައެވެ. އަދި ނޭވާލާން އުނދަގޫ ވުމުން ޑޮކްޓަރަށް ދެއްކުމުން ފައިސާ ފޮތި ހަރުލާފައިވާކަން އެނގުނީ ހެދި ސްކޭނަކުންނެވެ.
އޭނާގެ ސިއްހީ ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ނޭފަތުގެ އެތެރޭގައި މިހާރު ވަނީ ހިލަތަކުން ފަށަލައެއް އުފެދިފައެވެ. ޑޮކްޓަރުން ވަނީ އެންޑަސްކޯޕިކް ސާޖަރީއެއްކޮށް މި ފައިސާ ފޮއްޗާއި އެ ފަށަލަ ވެސް ކާމިޔާބު ކަމާއެކު ނަގާފައެވެ.
މި ސާޖަރީ ކާމިޔާބުވެ ފައިސާ ފޮތި ނެގުމުން މިހާރު އޭނާއަށް ނޭވާލާން ދިމާވި ދަތިތައް ވަނީ ހައްލުވެފައެވެ.