އިންތިހާބަށް ކުރިމަތިލާފައިވާ އިތުރު 16 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި

ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 16 ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވަނީ މިފަހަރު ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ ތެރެއިން އަށް ކެނޑިޑޭޓުންނަކީ އަމިއްލަގޮތުން އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުން ކަމަށާއި ދެން ހިމެނެނީ އެމްޑީޕީގެ ހަ ކެނޑިޑޭޓުންނާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ ކެނޑިޑޭޓެއް ކަމަށެވެ.
ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ 10 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައަކަތް ކުރާ ކޮމިޓީގެ ހަ ކެންޑިޑޭޓެކެވެ.
ކައުންސިލް އިންތިހާބުގައި އިންތިހާބުގައި މިވަގުތު ތިބީ 2،297 ކެނޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ 1،779 ފަރާތެކެވެ.
ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ.