ޚަބަރު

ކޮވިޑް ބަޖެޓުގެ 72 ޕަސެންޓް ހޭދަކުރީ އެސްޓީއޯ މެދުވެރިކޮށް: އަމީރު

ކޮވިޑް ބަޖެޓުގެ ތެރެއިން 72 ޕަސެންޓު ހަރަދުކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް ސަރުކާރުން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް މިހާތަނަށް 814 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށާއި އޭގެ 72 ޕަސެންޓު ހަރަދުކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރަމުން އަންނަނީ ބޭހާއި މެޑިކަލް އިކުއިޕްމަންޓާއި ގަންނަން ޖެހޭ ކާޑާއި އެހެން ބާވަތްތައް ވެސް ހޯދަން ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ވީހާ ކުޑަ އަގެއްގައި ކަންކަން ކުރެވޭތޯ. އަދި އަޅުގަނޑުމެން ސޮވެރިން ގެރެންޓީ ދީގެން އެސްޓީއޯ އަށް އައިޓީއެފްސީގެ ކްރެޑިޓް ފެސިލިޓީއެއް ލިބޭތޯ އެބަ ބަލަން." މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކޮވިޑާ ގުޅޭ ހަރަދުތައް ބެލުމަށް ހާއްސް އޮޑިިޓެއް މިހާރު ފަށާފައިވާ ކަމަށާއި އެގޮތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީ މެދުވެރިކޮށް ކޮވިޑްގެ ހަދު ކުރާ ހުރިހާ ވުޒާރާތަކާއި އިދާރާތަކުގެ އޮޑިތެއް ހަދަމުން އަންނަކަމަށެވެ. މިދިޔަ މަހުގެ 12ގައި ފެށި އޮޑިޓް މިފެށޭ ހަފްތާގައި ނިމޭނެކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަދި އެސްޓީއޯ މެދުވެރިކޮށް އެންމެބޮޑު ޚަރަދެއް ކުރެވެމުންދާތީ އެސްޓީއޯގެ ޚާއްޞަ އޮޑިޓެއްވެސް ކުރަމުން އަންނަކަމަށާއި، ޕީސީބީ މެދުވެރިކޮށް އޮޑިޓް ހިނގަނީ ރަނގަޅަށްތޯ ބެލުމަށް އެދިފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މި އޮޑިޓުގެ ސަބަބުން ރަނގަޅުކުރަން ހުރިކަންކަން ފާހަގަކޮށް ޚަރަދުުރެވޭ ގޮތް އިތުރަށް ހަރުދަނާކުރުމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!