ބޮލީވުޑް މުނިފޫހިފިލުވުން

ހީނާ ރާއްޖެ އައިސް އެންމެ ގިނައިން ކުރާކަމަކީ ފޮޓޯނެގުން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދުވަސްވަރު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރަމުންދާއިރު، އޭގެ ތެރޭގައި މަޝްހޫރު އެކްޓްރެސް ހީނާ ޚާން ވެސް ހިމެނެއެވެ.

Ads by Sosun Fihaara

މިމަހުގެ އެއްވަނަ ދުވަހު ރާއްޖެ އައިސް، ފުރަވެރި މޯލްޑިވްސް ރިސޯޓުގެ ދޮންވެލިގަނޑުގައި އެންމެ ފުރަތަމަ ވެސް ފައި ޖެހުމާއެކު ހީނާ ކުރި ކަމަކީ ފޮޓޯއެއް ނެގުމެވެ. އެގޮތުން އޭނާ އެރިސޯޓަށް ގެންގޮސް ދިން ޓްރާންސް މޯލްޑިވިއަން އެއާވޭސް އަށް ޝުކުރު އަދާކޮށް ފޮޓޯއެއް މީސް މީޑިއާގައި ހިއްސާ ކޮށްފައިވެއެވެ.

އެއަށްފަހު މިހާރު ހަފްތާއެއް ވެފައިވާއިރު، ހީނާ ގެންދަނީ މީސް މީޑިއާ މެދުވެރިކޮށް، ކޮންމެ ދުވަހަކުވެސް ފޮޓޯއެއް އޭނަގެ ފޭނުންނާ ހިއްސާ ކުރަމުންނެވެ.

ހީނާ ހިއްސާ ކޮށްފައިވާ ގިނަ ފޮޓޯތަކުގައި ހިމެނެނީ އޭނާ ބިކިނީ ގައި ހުރި ފޮޓޯ ކަމުގައި ވިޔަސް، އެފޮޓޯތަކުން އެރިސޯޓުގެ ބައެއް ހިތްގައިމު މަންޒަރުތައް ވެސް ފެންނަން ހުރެއެވެ. ގިނައިން އޭނާ ފޮޓޯ ނަގާފައި ހުރީ އަތިރިމައްޗާއި މޫދު ފެންނަ ފޮޓޯތަކެވެ. އެހެންކަމުން އިންޑިއާގެ މީޑިއާ ތަކުން ވެސް ވަނީ އެކަން ފާހަގަކޮށް، ރާއްޖޭގައި ހީނާ ނަގާ ފޮޓޯތައް ވަރަށް ރީތިކަން ވެސް ފާހަގަ ކޮށްފައެވެ.

އާއްމުންގެ މެދުގައި ހީނާ މަގުބޫލުވާން ފެށީ އޭނާ ކުޅުނު މަޝްހޫރު ޓީވީ ޑްރާމާ ކަމުގައިވާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިންނެވެ. އެޑްރާމާގައި އޭނާ ކުޅެފައިވަނީ "އަކްޝަރާ" ގެ ރޯލެވެ.

މީގެ އިތުރުން "ކަސޯޓީ ޒިންދަގީ ކޭ 2" ގައި "ކޮމޮލިކާ" ގެ ރޯލުން ވެސް ދުވަސްކޮޅެއް ވަންދެން ހީނާ ފެނިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!